އަލް-ފުރުޤާން · 5/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
وَقَالُوا أَسَاطِيرُ الْأَوَّلِينَ اكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا ۝٥
Wa qaalooo asaateerul awwaleenak tatabahaa fahiya tumlaa `alaihi bukratanw wa aseelaa
📖 ދިވެހި މާނަ
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ
🎧 އަޑު އަހާ

📜 އާޔަތް 3-7 — އަލް-ފުރުޤާން

3وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا
އެއުރެން، އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފޫއެވެ. އެއްވެސް އެއްޗެއް ނެހެދޭ إله ންތަކެކެވެ. އަދި އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ نفس ތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެތަކެއްޗަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެތަކެއްޗަށް މިލްކުވެގެނެއް ނުވެތެވެ
4وَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ ۖ فَقَدْ جَاءُوا ظُلْمًا وَزُورًا
كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި قرآن ނުވެއެވެ. އަދި އެކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެ ގެނައީ، އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ
5وَقَالُوا أَسَاطِيرُ الْأَوَّلِينَ اكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلًا
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ
6قُلْ أَنزَلَهُ الَّذِي يَعْلَمُ السِّرَّ فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ كَانَ غَفُورًا رَّحِيمًا
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ
7وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا
އަދި އެއުރެން ބުނޫއެވެ. މި رسول އާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذار ކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
5އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 5

ސޫރަތު އަލް-ފުރުޤާން އާޔަތް 5 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު…

ސޫރަތު އާޔަތް 5/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 3–7. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers