ސަބައް · 49/54
ތަރުޖަމާ ކިޔެވުން — ސަބައް
قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ ۝٤٩
Qul jaaa`al haqqu wa maa yubdi`ul baatilu wa maa yu`eed
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ
🎧 އަޑު އަހާ

📜 އާޔަތް 47-51 — ސަބައް

47قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ ۖ إِنْ أَجْرِيَ إِلَّا عَلَى اللَّهِ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ شَهِيدٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރަައަކަށް ތިމަންއެދިފައިވާނަމަ، ފަހެ، އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން اللَّه އަށް މެނުވީ ނުވެތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ
48قُلْ إِنَّ رَبِّي يَقْذِفُ بِالْحَقِّ عَلَّامُ الْغُيُوبِ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حق ގޮތް ފޮނުއްވަތެވެ. (އެކަލާނގެއީ) غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
49قُلْ جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ
ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ
50قُلْ إِن ضَلَلْتُ فَإِنَّمَا أَضِلُّ عَلَىٰ نَفْسِي ۖ وَإِنِ اهْتَدَيْتُ فَبِمَا يُوحِي إِلَيَّ رَبِّي ۚ إِنَّهُ سَمِيعٌ قَرِيبٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ نفس ގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ نفس އަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީ ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ وحى ގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ
51وَلَوْ تَرَىٰ إِذْ فَزِعُوا فَلَا فَوْتَ وَأُخِذُوا مِن مَّكَانٍ قَرِيبٍ
އެއުރެން (قيامة ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
49އާޔަތް

ތަރުޖަމާ — ސަބައް 49

ސޫރަތު ސަބައް އާޔަތް 49 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް)…

ސޫރަތު އާޔަތް 49/54 — ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސަބައް އަޑު އަހާ, ސަބައް ތަރުޖަމާ, ސަބައް mp3, ސަބައް pdf. އާޔަތް 47–51. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers