އައް-ޝޫރާ · 9/53
ތަރުޖަމާ ކިޔެވުން — އައް-ޝޫރާ
أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ۝٩
Amit takhazoo min dooniheee awliyaaa`a fallaahu Huwal Waliyyu wa Huwa yuhyil mawtaa wa Huwa `alaa kulli shai`in Qadeer
📖 ދިވެހި މާނަ
ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّه އެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 7-11 — އައް-ޝޫރާ

7وَكَذَٰلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِّتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا وَتُنذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ ۚ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ
އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكة ގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި (خلق ތަކުން) އެއްކުރައްވާ ދުވަހާމެދު إنذار ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شك އެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ
8وَلَوْ شَاءَ اللَّهُ لَجَعَلَهُمْ أُمَّةً وَاحِدَةً وَلَٰكِن يُدْخِلُ مَن يَشَاءُ فِي رَحْمَتِهِ ۚ وَالظَّالِمُونَ مَا لَهُم مِّن وَلِيٍّ وَلَا نَصِيرٍ
އަދި اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެއް أمّة އެއްކަމުގައި ލައްވައިފީހެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާމީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށް (އެދުވަހުން) އެހީތެރިޔެއްވެސް، އަދި نصر ވެރިޔެއްވެސް ނުވެތެވެ
9أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّه އެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
10وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
އަދި ތިޔަބައިމީހުން އެކަމަކާމެދުގައި خلاف ވާ ކޮންމެ ކަމެއްގެ حكم ކުރެއްވުންވަނީ، اللَّه އަށެވެ. އެއީ اللَّه އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އަދި توبة ވަނީ ހަމައެކަލާނގެ حضرة އަށެވެ
11فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ
އެކަލާނގެއީ، އިސްވެދިޔަ مثال އަކާނުލައި އުޑުތަކާއި، ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބިން ލެއްވިއެވެ. އަދި އެކަލާނގެ نعم ސޫފީގެ ތެރެއިން ދެ جنس ގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
އައް-ޝޫރާޤުރުއާން ފިހުރިސްތު
53އާޔަތް
MeccanRevelation
9އާޔަތް

ތަރުޖަމާ — އައް-ޝޫރާ 9

ސޫރަތު އައް-ޝޫރާ އާޔަތް 9 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّه…

ސޫރަތު އާޔަތް 9/53 — އައް-ޝޫރާ الشورى (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޝޫރާ އަޑު އަހާ, އައް-ޝޫރާ ތަރުޖަމާ, އައް-ޝޫރާ mp3, އައް-ޝޫރާ pdf. އާޔަތް 7–11. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers