އައް-ޒުޙްރުފް · 56/89
ތަރުޖަމާ ކިޔެވުން — ސޫރަތު އައް-ޒުޙްރުފް
فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ ۝٥٦
Faja`alnaahum salafanw wa masalal lil aakhireen
📖 ދިވެހި މާނަ
ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ

🎧 އަޑު އަހާ


📜 އާޔަތް 54-58 — ސޫރަތު އައް-ޒުޙްރުފް

54فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ قوم ގެމީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ. ހަމަކަށަވަރުން، އެއުރެންވީ، فاسق ވެގެންވާ ބަޔަކު ކަމުގައެވެ
55فَلَمَّا آسَفُونَا انتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ أَجْمَعِينَ
ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ
56فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ
ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ
57۞ وَلَمَّا ضُرِبَ ابْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ
مريم ގެފާނުގެ ދަރިކަލުންގެ ވާހަކަ مثال އެއްގެ ގޮތުގައި ކިޔައިދެއްވިހިނދު، އެހާރުން އެކަންތަކާމެދު ކަލޭގެފާނުގެ قوم ގެމީހުން މަލާމާތްކޮށް ހަޅޭލަވަތެވެ
58وَقَالُوا أَآلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًا ۚ بَلْ هُمْ قَوْمٌ خَصِمُونَ
އަދި އެއުރެން ބުނޫއެވެ. ރަނގަޅީ، ތިމަންމެންގެ إله ންތައް ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ހެއްޔެވެ؟ ކަލޭގެފާނާ جدل ކުރުމަށް މެނުވީ އެއުރެން އެ مثال ނުޖަހަތެވެ. އަދި ކިއެއްތަ! އެއުރެންނީ ހަމަދެކޮޅުވެރިކަން ބޮޑު ބަޔެކެވެ
އައް-ޒުޙްރުފްޤުރުއާން ފިހުރިސްތު
89އާޔަތް
MeccanRevelation
56އާޔަތް

ތަރުޖަމާ — އައް-ޒުޙްރުފް 56

ސޫރަތު އައް-ޒުޙްރުފް އާޔަތް 56 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، (كافر ވި) އެހެންމީހުންނަށް عبرة އެއް ކަމުގައްޔާއި، مثال އެއް ކަމުގައި…

ސޫރަތު އާޔަތް 56/89 — ސޫރަތު އައް-ޒުޙްރުފް الزخرف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އައް-ޒުޙްރުފް އަޑު އަހާ, ސޫރަތު އައް-ޒުޙްރުފް ތަރުޖަމާ, ސޫރަތު އައް-ޒުޙްރުފް mp3, ސޫރަތު އައް-ޒުޙްރުފް pdf. އާޔަތް 54–58. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers