އަލް-ޖާޘިޔާ · 15/37
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޖާޘިޔާ
مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ۝١٥
Maa `amila saalihan falinafsihee wa man asaaa`a fa`alaihaa summa ilaa Rabbikum turja`oon
📖 ދިވެހި މާނަ
صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ

🎧 އަޑު އަހާ


📜 އާޔަތް 13-17 — ސޫރަތު އަލް-ޖާޘިޔާ

13وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ
އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
14قُل لِّلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لَا يَرْجُونَ أَيَّامَ اللَّهِ لِيَجْزِيَ قَوْمًا بِمَا كَانُوا يَكْسِبُونَ
إيمان ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ عقوبات އަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަަޒާ ދެއްވުމަށްޓަކައެވެ
15مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ
16وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ
ހަމަކަށަވަރުން، إسـرآءيـل ގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزق ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ
17وَآتَيْنَاهُم بَيِّنَاتٍ مِّنَ الْأَمْرِ ۖ فَمَا اخْتَلَفُوا إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
އަދި دين ގެ ކަންތަކާމެދުގައި بيان ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلاف އެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ
އަލް-ޖާޘިޔާޤުރުއާން ފިހުރިސްތު
37އާޔަތް
MeccanRevelation
15އާޔަތް

ތަރުޖަމާ — އަލް-ޖާޘިޔާ 15

ސޫރަތު އަލް-ޖާޘިޔާ އާޔަތް 15 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ…

ސޫރަތު އާޔަތް 15/37 — ސޫރަތު އަލް-ޖާޘިޔާ الجاثية (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޖާޘިޔާ އަޑު އަހާ, ސޫރަތު އަލް-ޖާޘިޔާ ތަރުޖަމާ, ސޫރަތު އަލް-ޖާޘިޔާ mp3, ސޫރަތު އަލް-ޖާޘިޔާ pdf. އާޔަތް 13–17. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers