އަލް-މާއިދާ · 83/120
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މާއިދާ
وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ ۝٨٣
Wa izaa sami`oo maaa unzila ilar Rasooli taraaa a`yunahum tafeedu minad dam`i mimmmaa `arafoo minalhaqq; yaqooloona Rabbanaaa aamannaa faktubnaa ma`ash shaahideen
📖 ދިވެހި މާނަ
އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ

🎧 އަޑު އަހާ


📜 އާޔަތް 81-85 — ސޫރަތު އަލް-މާއިދާ

81وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ وَلَٰكِنَّ كَثِيرًا مِّنْهُمْ فَاسِقُونَ
އެއުރެން اللَّه އަށާއި، ނަބިއްޔާއަށާއި، އެކަލޭގެފާނަށް ބާވައިލެއްވި ފޮތަށް إيمان ވާ ކަމުގައިވީނަމަ، އެ كافر ންނީ، އެކުވެރިން ކަމުގައެއް ނުހިފީހެވެ. އެހެނެއްކަމަކު އޭގެތެރެއިން ގިނަމީހުންނީ فاسق ންނެވެ
82۞ لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ
إيمان ވި މީހުންނަށް މީސްތަކުންކުރެ، عداوة ތެރިކަން އެންމެބޮޑު ބަޔަކީ، يهودى ންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ رحمة ތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ نصارى އިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި راهب ން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ
83وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ
އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ
84وَمَا لَنَا لَا نُؤْمِنُ بِاللَّهِ وَمَا جَاءَنَا مِنَ الْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ الْقَوْمِ الصَّالِحِينَ
އަދި اللَّه އަށާއި، ތިމަންމެންގެ ގާތަށްއައި حق ގޮތަށް، ތިމަންމެން إيمان ނުވާންވީ، އަދި ތިމަންމެންގެ ވެރިރަސްކަލާނގެ صالح އަޅުންގެ ތެރެޔަށް ތިމަންމެން ވެއްދެވުމަށް އެދުންވެރި ނުވާންވީ ކީއްވެގެން ހެއްޔެވެ؟
85فَأَثَابَهُمُ اللَّهُ بِمَا قَالُوا جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ الْمُحْسِنِينَ
ދެން އެއުރެން ބުނި ބަސްތަކުގެ ސަބަބުން ޖަޒާއަކަށް، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެއުރެންނަށް اللَّه ދެއްވިއެވެ. އެތާނގައި އެއުރެން ދެމިތިބޭ حال ގައެވެ. އެއީ إحسان ތެރިންގެ ޖަޒާއެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
83އާޔަތް

ތަރުޖަމާ — އަލް-މާއިދާ 83

ސޫރަތު އަލް-މާއިދާ އާޔަތް 83 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް…

ސޫރަތު އާޔަތް 83/120 — ސޫރަތު އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މާއިދާ އަޑު އަހާ, ސޫރަތު އަލް-މާއިދާ ތަރުޖަމާ, ސޫރަތު އަލް-މާއިދާ mp3, ސޫރަތު އަލް-މާއިދާ pdf. އާޔަތް 81–85. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers