އަލް-އަންޢާމް · 26/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ۝٢٦
Wa hum yanhawna `anhu wa yan`awna `anhu wa iny yuhlikoona illaa anfusahum wa maa yash`uroon
📖 ދިވެހި މާނަ
އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ نفس ތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ
🎧 އަޑު އަހާ

📜 އާޔަތް 24-28 — އަލް-އަންޢާމް

24انظُرْ كَيْفَ كَذَبُوا عَلَىٰ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا يَفْتَرُونَ
އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ދޮގުހެދީ ކިހިނެއްކަން އަދި އެއުރެން ދޮގުން އުފައްދައި އުޅުނު ތަކެތި އެއުރެންގެ ކިބައިން ގެއްލިގެންދިޔައީ ކިހިނަކުންކަން ތިބާ ދެކޭށެވެ
25وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۚ وَإِن يَرَوْا كُلَّ آيَةٍ لَّا يُؤْمِنُوا بِهَا ۚ حَتَّىٰ إِذَا جَاءُوكَ يُجَادِلُونَكَ يَقُولُ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ
އަދި ކަލޭގެފާނަށް ކަނުލައިއަހާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއްލެއްވީމެވެ. އަދި އެއުރެންނަށް ކޮންމެ آية އެއް ފެނުނަސް، އެއުރެން އެއަކަށް إيمان އެއް ނުވެތެވެ. އެހެންކަމާއެކު، އެއުރެން ކަލޭގެފާނާ جدل ކުރުމަށް ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެހިނދަކު كافر ވި މީހުން ބުނެތެވެ. ތިޔައީ އެވޭލާ މީހުންގެ ފުލޯކު ވާހަކަތަކެއް ކަމުގައި މެނުވީ ނުވެއެވެ
26وَهُمْ يَنْهَوْنَ عَنْهُ وَيَنْأَوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ
އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި އެއުރެން އެއިން ދުރުވެގަނެތެވެ. (އެކަމުން) އެއުރެންނަށް ނޭނގިތިބެ އަމިއްލަ نفس ތައް މެނުވީ އެއުރެން ހަލާކެއް ނުކުރެތެވެ
27وَلَوْ تَرَىٰ إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلَا نُكَذِّبَ بِآيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ
އެއުރެން ނަރަކައިގެ ކުރިމަތީގައި ބައިތިއްބަވާހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. ދެން އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ آية ތައް ދޮގެއް ނުކުރާނޫއެވެ. އަދި إيمان ވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ
28بَلْ بَدَا لَهُم مَّا كَانُوا يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ وَإِنَّهُمْ لَكَاذِبُونَ
އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށްގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
26އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 26

ސޫރަތު އަލް-އަންޢާމް އާޔަތް 26 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން އެ قرآن އަށް تبع ވުން (މީސްތަކުންނަށް) މަނާކުރެތެވެ. އަދި…

ސޫރަތު އާޔަތް 26/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 24–28. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers