އަލް-އަންޢާމް · 56/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِن دُونِ اللَّهِ ۚ قُل لَّا أَتَّبِعُ أَهْوَاءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ ۝٥٦
Qul innee nuheetu an a`budal lazeena tad`oona min doonil laah; qul laaa attabi`u ahwaaa`akum qad dalaltu izanw wa maaa ana minal muhtadeen
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު تبع އެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ
🎧 އަޑު އަހާ

📜 އާޔަތް 54-58 — އަލް-އަންޢާމް

54وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ أَنَّهُ مَنْ عَمِلَ مِنكُمْ سُوءًا بِجَهَالَةٍ ثُمَّ تَابَ مِن بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَّحِيمٌ
ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ މީހުން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ رحمة އެކަލާނގެ ذات ފުޅުގެ މައްޗަށް لازم ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު، ނުބައިކަމެއްކޮށް، ދެން އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
55وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ
ތިމަންރަސްކަލާނގެ آية ތައް بيان ކުރައްވަނީ އެފަދައިންނެވެ. އެއީ ކުށްވެރިންގެ މަގު ބަޔާންވެ އޮތުމަށްޓަކައެވެ
56قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِن دُونِ اللَّهِ ۚ قُل لَّا أَتَّبِعُ أَهْوَاءَكُمْ ۙ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް ހަމަކަށަވަރުން، ނަހީކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ އެދުންތަކަކަށް ތިމަންކަލޭގެފާނު تبع އެއް ނުވާނަމެވެ. އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު މަގުފުރެދުނީސްކަން ކަށަވަރެވެ. އަދި އޭރުން ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވީހެވެ
57قُلْ إِنِّي عَلَىٰ بَيِّنَةٍ مِّن رَّبِّي وَكَذَّبْتُم بِهِ ۚ مَا عِندِي مَا تَسْتَعْجِلُونَ بِهِ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ الْفَاصِلِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެ އެނގިގެންވާ ކަންތައްތަކެއްގެ މަތީގައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ ދޮގުކުޅައީމުއެވެ. އެކަމެއް އަވަސްވުންއެދި ތިޔަބައިމީހުން އުޅޭކަންތައް (އެބަހީ: اللَّه ގެ عذاب ފޮނުއްވުން) ތިމަންކަލޭގެފާނުންގެ ކިބަޔަކު ނުވެއެވެ. حكم ކުރެއްވުން اللَّه އަށް މެނުވީ ނުވެއެވެ. އެކަލާނގެ حق ބަސްފުޅު وحى ކުރައްވައެވެ. އެކަލާނގެއީ، حكم ކުރައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ
58قُل لَّوْ أَنَّ عِندِي مَا تَسْتَعْجِلُونَ بِهِ لَقُضِيَ الْأَمْرُ بَيْنِي وَبَيْنَكُمْ ۗ وَاللَّهُ أَعْلَمُ بِالظَّالِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމެއް އަވަސްވުންއެދި، ތިޔަބައިމީހުން އުޅޭކަންތައް ތިމަންކަލޭގެފާނުގެ ކިބައިގައިވާނަމަ، ތިމަންކަލޭގެފާނާ ތިޔަބައިމީހުންނާ ދެމެދުގައިވާ ކަންތަކުގެ ނިޔާކަނޑައަޅުއްވައި ނިންމަވައިފީސްކަން ކަށަވަރެވެ. އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
56އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 56

ސޫރަތު އަލް-އަންޢާމް އާޔަތް 56 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން دعاء ކޮށްއުޅޭ ފަރާތްތަކަށް އަޅުކަންކުރުން ތިމަންކަލޭގެފާނަށް…

ސޫރަތު އާޔަތް 56/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 54–58. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers