އަލް-އަންޢާމް · 72/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
وَأَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُ ۚ وَهُوَ الَّذِي إِلَيْهِ تُحْشَرُونَ ۝٧٢
Wa an aqeemus Salaata wattaqooh; wa Hual lazeee ilaihi tuhsharoon
📖 ދިވެހި މާނަ
އަދި ނަމާދު قائم ކުރުމަށާއި، އެކަލާނގެއަށް تقوى ވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ

🎧 އަޑު އަހާ


📜 އާޔަތް 70-74 — ސޫރަތު އަލް-އަންޢާމް

70وَذَرِ الَّذِينَ اتَّخَذُوا دِينَهُمْ لَعِبًا وَلَهْوًا وَغَرَّتْهُمُ الْحَيَاةُ الدُّنْيَا ۚ وَذَكِّرْ بِهِ أَن تُبْسَلَ نَفْسٌ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ اللَّهِ وَلِيٌّ وَلَا شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَا ۗ أُولَٰئِكَ الَّذِينَ أُبْسِلُوا بِمَا كَسَبُوا ۖ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ
އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު އެ قرآن ން ހަނދާންކޮށް ދެއްވާށެވެ! نفس އެއްކުޅަ عمل ތަކުގެ ސަބަބުން، އެ نفس އެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށްޓަކައެވެ. اللَّه ފިޔަވައި އެ نفس އަށް އެހީތެރިވާނޭ ފަރާތެއް ނުވެތެވެ. އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. އަދި ކޮންމެ فدية އަކުން އެ نفس އެއް فدية ދިނަސް، އެ فدية އެއް ނުހިއްޕަވާނެތެވެ. އެއުރެންނަކީ އެއުރެން ކުޅަ عمل ތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެއުރެންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި عذاب ހުށްޓެވެ. (އެއީ) އެއުރެން كافر ވެ އުޅުނުކަމަށްޓަކައެވެ
71قُلْ أَنَدْعُو مِن دُونِ اللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން دعاء ކުރާނެހެއްޔެވެެ؟ އަދި اللَّه އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި (شرك ގެ ތެރެއަށް) ފަހަށް އެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި شيطان ންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއްނޭނގި، حيران ވެފައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށްގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް އޭނާއަށް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، اللَّه ގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް أمر ކުރައްވާފައިވަނީ عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންވުމަށެވެ
72وَأَنْ أَقِيمُوا الصَّلَاةَ وَاتَّقُوهُ ۚ وَهُوَ الَّذِي إِلَيْهِ تُحْشَرُونَ
އަދި ނަމާދު قائم ކުރުމަށާއި، އެކަލާނގެއަށް تقوى ވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامة ދުވަހުން) އެއްކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
73وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ الْحَقُّ ۚ وَلَهُ الْمُلْكُ يَوْمَ يُنفَخُ فِي الصُّورِ ۚ عَالِمُ الْغَيْبِ وَالشَّهَادَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ
އެކަލާނގެއީ، حق ގޮތުގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ، [ވާށޭ] وحى ކުރައްވާދުވަސް ހަނދުމަކުރާށެވެ! ފަހެ، އެ ހިނދުން އެކަމެއްވާހުށްޓެވެ. އެކަލާނގެ ބަސްފުޅަކީ حق ތެދެވެ. އަދި ތާޅަފިލި ފުމެލައްވާ ދުވަހު، ވެރިކަންވަނީ އެކަލާނގެއަށެވެ. އެކަލާނގެއީ، ނުފެންނަކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
74۞ وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ إِنِّي أَرَاكَ وَقَوْمَكَ فِي ضَلَالٍ مُّبِينٍ
إبراهيم ގެފާނު އެކަލޭގެފާނުގެ ބައްޕަ آزر އަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނު ބުދުތަކެއް إله ން ކަމުގައި ހައްދަވަނީތޯއެވެެ؟ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނާއި، ކަލޭގެފާނުގެ قوم ގެމީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ވާތީއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
72އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 72

ސޫރަތު އަލް-އަންޢާމް އާޔަތް 72 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ނަމާދު قائم ކުރުމަށާއި، އެކަލާނގެއަށް تقوى ވެރިވުމަށް އަންގަވާފައިވެއެވެ. ތިޔަބައިމީހުން (قيامة…

ސޫރަތު އާޔަތް 72/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 70–74. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers