އަތް-ތައުބާ · 56/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَٰكِنَّهُمْ قَوْمٌ يَفْرَقُونَ ۝٥٦
Wa yahlifoona billaahi innnahum laminkum wa maa hum minkum wa laakinnahum qawmuny yafraqoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރާނެތެވެ. އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވެތެވެ. އެހެނެއްކަމަކު އެއުރެންނީ ބިރުގަންނަ ބަޔެކެވެ
🎧 އަޑު އަހާ

📜 އާޔަތް 54-58 — އަތް-ތައުބާ

54وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ
އަދި ހަމަކަށަވަރުން، އެއުރެން اللَّه އަށާއި، އެކަލާނގެ رسول އާއަށް كافر ވިކަމާއި، އެއުރެން ކަންނެތްބަޔަކު ކަމުގައި ތިބެގެން މެނުވީ، ނަމާދަށް ނާންނަކަމާއި، ނުރުހިތިބި ބަޔަކު ކަމުގައިވާ حال ގައި މެނުވީ، ހޭދަނުކުރާކަމާއި، މިކަންކަން ފިޔަވައި އެއުރެންގެ ހޭދަތައް އެއުރެންގެ ކިބައިން قبول ކުރެއްވުން މަނާކުރާކަމެއް ނެތެވެ
55فَلَا تُعْجِبْكَ أَمْوَالُهُمْ وَلَا أَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ لِيُعَذِّبَهُم بِهَا فِي الْحَيَاةِ الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ
އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذاب ދެއްވުމަށެވެ. އަދި އެއުރެން كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ
56وَيَحْلِفُونَ بِاللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَٰكِنَّهُمْ قَوْمٌ يَفْرَقُونَ
ހަމަކަށަވަރުން، އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރާނެތެވެ. އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމުގައި ނުވެތެވެ. އެހެނެއްކަމަކު އެއުރެންނީ ބިރުގަންނަ ބަޔެކެވެ
57لَوْ يَجِدُونَ مَلْجَأً أَوْ مَغَارَاتٍ أَوْ مُدَّخَلًا لَّوَلَّوْا إِلَيْهِ وَهُمْ يَجْمَحُونَ
އެއުރެން ފިލަންދާނޭ ކިއްލާއެއް، ނުވަތަ ހޮހަޅަތަކެއް، ނުވަތަ ވަންނާނޭ އެހެންތަނެއްވެސް، އެއުރެންނަށް ފެންނާނޭނަމަ، އަވަސްވެގަނެގެން އެތަނަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ
58وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَضُوا وَإِن لَّمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ
صدقات ބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެތެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަަ، އެހާރުން އެއުރެން ރުޅި އަރަތެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
56އާޔަތް

ތަރުޖަމާ — އަތް-ތައުބާ 56

ސޫރަތު އަތް-ތައުބާ އާޔަތް 56 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، އެއުރެންނީ، ތިޔަބައިމީހުންގެ ތެރެއިންވާ ބަޔަކު ކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރާނެތެވެ.…

ސޫރަތު އާޔަތް 56/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 54–58. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers