ހޫދު · 74/123
ތަރުޖަމާ ކިޔެވުން — ހޫދު
فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ ۝٧٤
Falammaa zahaba an Ibraaheemar raw`u wa jaaa`at hul bushraaa yujaadilunaa fee qawmi Loot
📖 ދިވެހި މާނަ
ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط ގެފާނުގެ قوم ގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ حضرة އަށް سؤال ދަންނަވަން ފެށްޓެވިއެވެ
🎧 އަޑު އަހާ

📜 އާޔަތް 72-76 — ހޫދު

72قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَٰذَا بَعْلِي شَيْخًا ۖ إِنَّ هَٰذَا لَشَيْءٌ عَجِيبٌ
އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ
73قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَّجِيدٌ
އެބޭކަލުން ދެންނެވޫއެވެ. اللَّه ގެ أمر ފުޅާމެދު، ކަމަނާ عجائب ވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ أهل ވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް اللَّه ގެ رحمة އާއި، އެކަލާނގެ بركات ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ حمد ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ
74فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ
ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط ގެފާނުގެ قوم ގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ حضرة އަށް سؤال ދަންނަވަން ފެށްޓެވިއެވެ
75إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ
ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
76يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
އޭ إبراهيم ގެފާނެވެ! ތިޔަކަންތައް (އެބަހީ: لوط ގެފާނުގެ قوم ގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ عذاب އެއް، އެއުރެންގެ ގާތަށް އަންނާނެތެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
74އާޔަތް

ތަރުޖަމާ — ހޫދު 74

ސޫރަތު ހޫދު އާޔަތް 74 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط…

ސޫރަތު އާޔަތް 74/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 72–76. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers