ހޫދު · 75/123
ތަރުޖަމާ ކިޔެވުން — ހޫދު
إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ ۝٧٥
Inna Ibraaheema lahaleemun awwwaahum muneeb
📖 ދިވެހި މާނަ
ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
🎧 އަޑު އަހާ

📜 އާޔަތް 73-77 — ހޫދު

73قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّهِ ۖ رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَّجِيدٌ
އެބޭކަލުން ދެންނެވޫއެވެ. اللَّه ގެ أمر ފުޅާމެދު، ކަމަނާ عجائب ވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ أهل ވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް اللَّه ގެ رحمة އާއި، އެކަލާނގެ بركات ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ حمد ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ
74فَلَمَّا ذَهَبَ عَنْ إِبْرَاهِيمَ الرَّوْعُ وَجَاءَتْهُ الْبُشْرَىٰ يُجَادِلُنَا فِي قَوْمِ لُوطٍ
ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط ގެފާނުގެ قوم ގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ حضرة އަށް سؤال ދަންނަވަން ފެށްޓެވިއެވެ
75إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ
ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
76يَا إِبْرَاهِيمُ أَعْرِضْ عَنْ هَٰذَا ۖ إِنَّهُ قَدْ جَاءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ آتِيهِمْ عَذَابٌ غَيْرُ مَرْدُودٍ
އޭ إبراهيم ގެފާނެވެ! ތިޔަކަންތައް (އެބަހީ: لوط ގެފާނުގެ قوم ގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ عذاب އެއް، އެއުރެންގެ ގާތަށް އަންނާނެތެވެ
77وَلَمَّا جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالَ هَٰذَا يَوْمٌ عَصِيبٌ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
75އާޔަތް

ތަރުޖަމާ — ހޫދު 75

ސޫރަތު ހޫދު އާޔަތް 75 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة…

ސޫރަތު އާޔަތް 75/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 73–77. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers