އަން-ނަޙްލު · 64/128
ތަރުޖަމާ ކިޔެވުން — އަން-ނަޙްލު
وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ۝٦٤
Wa maaa anzalnaa `alaikal Kitaaba illaa litubaiyina lahumul lazikh talafoo feehi wa hudanw wa rahmatal liqawminy yu`minoon
📖 ދިވެހި މާނަ
އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 62-66 — އަން-ނަޙްލު

62وَيَجْعَلُونَ لِلَّهِ مَا يَكْرَهُونَ وَتَصِفُ أَلْسِنَتُهُمُ الْكَذِبَ أَنَّ لَهُمُ الْحُسْنَىٰ ۖ لَا جَرَمَ أَنَّ لَهُمُ النَّارَ وَأَنَّهُم مُّفْرَطُونَ
އަދި އެއުރެން، ނުރުހޭ ތަކެތި (އެބަހީ: އަންހެންދަރިން) އެއުރެން اللَّه އަށް نسبة ކުރެތެވެ. އަދި ހަމަކަށަވަރުން، ހުރިހާ ހެވެއްވަނީ، އެއުރެންނަށް ކަމަށްބުނެ، އެއުރެންގެ ދޫތަކުން ދޮގުތައް ހަދައި އުޅެތެވެ. شك އެއް ނެތެވެ. ހަމަކަށަވަރުން، އެއުރެންނަށްހުރީ ނަރަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ، އެންމެ ފުރަތަމަ އެ ތަނަށް ދޫކުރައްވާނޭ ބަޔެކެވެ
63تَاللَّهِ لَقَدْ أَرْسَلْنَا إِلَىٰ أُمَمٍ مِّن قَبْلِكَ فَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَهُوَ وَلِيُّهُمُ الْيَوْمَ وَلَهُمْ عَذَابٌ أَلِيمٌ
اللَّه ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ أمّة ތަކަށް، ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ދެން شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. ފަހެ، މިއަދު އެއުރެންގެ އެހީތެރިޔަކީ، އެ شيطان އާއެވެ. އަދި އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ
64وَمَا أَنزَلْنَا عَلَيْكَ الْكِتَابَ إِلَّا لِتُبَيِّنَ لَهُمُ الَّذِي اخْتَلَفُوا فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ، އަދި إيمان ވާ ބަޔަކަށް ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ފޮތް ބާވައެއް ނުލައްވަމެވެ
65وَاللَّهُ أَنزَلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَسْمَعُونَ
اللَّه، އުޑުން ފެން ބާވައިލެއްވިއެވެ. ފަހެ، ބިންގަނޑު މަރުވެ އޮތުމަށްފަހު، އެ ފެނުގެ ސަބަބުން، އެކަލާނގެ އެ ބިންގަނޑު ދިރުއްވިއެވެ. ހަމަކަށަވަރުން، އަޑުއަހާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ
66وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ
އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ
އަން-ނަޙްލުޤުރުއާން ފިހުރިސްތު
128އާޔަތް
MeccanRevelation
64އާޔަތް

ތަރުޖަމާ — އަން-ނަޙްލު 64

ސޫރަތު އަން-ނަޙްލު އާޔަތް 64 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެއުރެން އެކަމާމެދު خلاف ވީ ކަންތައް، ކަލޭގެފާނު އެއުރެންނަށް ބަޔާންކޮށްދެއްވުމަށްޓަކައި މެނުވީ،…

ސޫރަތު އާޔަތް 64/128 — އަން-ނަޙްލު النحل (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނަޙްލު އަޑު އަހާ, އަން-ނަޙްލު ތަރުޖަމާ, އަން-ނަޙްލު mp3, އަން-ނަޙްލު pdf. އާޔަތް 62–66. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers