އަލް-ބަޤަރާ · 140/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰ ۗ قُلْ أَأَنتُمْ أَعْلَمُ أَمِ اللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ مِنَ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ۝١٤٠
Am taqooloona inna Ibraaheema wa Ismaa`eela wa Ishaaq wa Ya`qooba wal asbaata kaanoo Hoodan aw Nasaaraa; qul `a-antum a`lamu amil laah; wa man azlamu mimman katama shahaadatan `indahoo minallaah; wa mallaahu bighaafilin `ammaa ta`maloon
📖 ދިވެހި މާނަ
އަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب ގެފާނާއި يعقوب ގެފާނުގެ أسباط ންނީ، يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (އެކަންއޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (އެކަން ދެނެވޮޑިގަތުންބޮޑީ) اللَّه ހެއްޔެވެ؟ اللَّه ގެ حضرة ން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު، غافل ވެ ވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 138-142 — އަލް-ބަޤަރާ

138صِبْغَةَ اللَّهِ ۖ وَمَنْ أَحْسَنُ مِنَ اللَّهِ صِبْغَةً ۖ وَنَحْنُ لَهُ عَابِدُونَ
اللَّه ގެ دين އަށެވެ. (އެބަހީ: تبع ވާންވީ اللَّه ގެ دين އަށެވެ.) ހިދާޔަތާއި إرشاد ދެއްވުމުގައި اللَّه އަށްވުރެ މޮޅީ ކާކުހެއްޔެވެ؟ އަދި ތިމަންމެންނީ، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރާ މީހުންނެވެ
139قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އާމެދު ތިޔަބައިމީހުން ތިމަންމެންނާ جدل ކުރަނީހެއްޔެވެ؟ އެކަލާނގެއީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއެވެ. އަދި ތިމަންމެންގެ عمل ތައް ހުރީ (އެބަހީ: ތިމަންމެން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިމަންމެންނަށެވެ. އަދި ތިޔަބައިމީހުންގެ عمل ތައް ހުރީ (އެބަހީ: ތިޔަބައިމީހުން ކުޅަކަމެއްގެ ޖަޒާ ހުރީ) ތިޔަބައިމީހުންނަށެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް إخلاص ތެރި ބަޔަކީމުއެވެ
140أَمْ تَقُولُونَ إِنَّ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطَ كَانُوا هُودًا أَوْ نَصَارَىٰ ۗ قُلْ أَأَنتُمْ أَعْلَمُ أَمِ اللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَادَةً عِندَهُ مِنَ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
އަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب ގެފާނާއި يعقوب ގެފާނުގެ أسباط ންނީ، يهودى ން ކަމުގައި ނުވަތަ نصارى އިން ކަމުގައި ވީކަމަށް ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (އެކަންއޮތްގޮތް) ބޮޑަށް އެނގެނީ ތިޔަބައިމީހުންނަށް ހެއްޔެވެ؟ ނުވަތަ (އެކަން ދެނެވޮޑިގަތުންބޮޑީ) اللَّه ހެއްޔެވެ؟ اللَّه ގެ حضرة ން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އަދި ތިޔަބައިމީހުން ކުރާ عمل ތަކާމެދު، غافل ވެ ވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ
141تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْأَلُونَ عَمَّا كَانُوا يَعْمَلُونَ
އެއީ ހަމަކަށަވަރުން ފާއިތުވެހިނގައްޖެ أمّة އެކެވެ. އެ أمّة ހޯދިކަމެއް އެ أمّة އަށެވެ. އަދި ތިޔަބައިމީހުން ހޯދިކަމެއް ތިޔަބައިމީހުންނަށެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތަކާމެދު ތިޔަބައިމީހުންނަކާ سؤال އެއް ނުކުރައްވާހުށްޓެވެ
142۞ سَيَقُولُ السُّفَهَاءُ مِنَ النَّاسِ مَا وَلَّاهُمْ عَن قِبْلَتِهِمُ الَّتِي كَانُوا عَلَيْهَا ۚ قُل لِّلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި قبلة ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! مشرق އާއި مغرب މިލްކުވެވޮޑިގެންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
140އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 140

ސޫރަތު އަލް-ބަޤަރާ އާޔަތް 140 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކިއެއްތަ! ހަމަކަށަވަރުން إبراهيم ގެފާނާއި إسماعيل ގެފާނާއި إسحاق ގެފާނާއި يعقوب…

ސޫރަތު އާޔަތް 140/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 138–142. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers