އަލް-ބަޤަރާ · 171/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ ۝١٧١
Wa masalul lazeena kafaroo kamasalil lazee yan`iqu bimaa laa yasma`u illaa du`aaa`anw wa nidaaa`aa; summum bukmun `umyun fahum laa ya`qiloon
📖 ދިވެހި މާނަ
كافر ވި މީހުން (ނަށް دين އަށް ގޮވާލާ މީހާ) ގެ مثال އީ (އެބަހީ: كافر ންނަށް رسول އާ ގޮވާލައްވާ ގޮވާލެއްވުމަށް ނިސްބަތްކޮށް ބަލާއިރު އެއުރެންނާއި رسول އާގެ مثال އީ) ގޮވުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑުނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ مثال އެވެ. އެ كافر ންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެއެވެ
🎧 އަޑު އަހާ

📜 އާޔަތް 169-173 — އަލް-ބަޤަރާ

169إِنَّمَا يَأْمُرُكُم بِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ
އެ شيطان އާ ތިޔަބައިމީހުންނަށް أمر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ
170وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
އަދި اللَّه ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން تبع ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން تبع ވާހުށީ ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، އެއުރެންގެ ކާބަފައިންނަށް އެއްވެސް ކަމެއް ނުވިސްނުނަސް، އަދި އެއުރެންނަށް ތެދުމަގު ނުލިބުނަސް ހެއްޔެވެ؟
171وَمَثَلُ الَّذِينَ كَفَرُوا كَمَثَلِ الَّذِي يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَاءً وَنِدَاءً ۚ صُمٌّ بُكْمٌ عُمْيٌ فَهُمْ لَا يَعْقِلُونَ
كافر ވި މީހުން (ނަށް دين އަށް ގޮވާލާ މީހާ) ގެ مثال އީ (އެބަހީ: كافر ންނަށް رسول އާ ގޮވާލައްވާ ގޮވާލެއްވުމަށް ނިސްބަތްކޮށް ބަލާއިރު އެއުރެންނާއި رسول އާގެ مثال އީ) ގޮވުމެއް ނުވަތަ ހަޅޭއްލެވުމެއްގެ އަޑުނޫނީ ނީވޭ ޖަނަވާރަށް ގޮވާ މީހާގެ مثال އެވެ. އެ كافر ންނީ ބީރު، މަންމަން، ކަނު ބަޔެކެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެއެވެ
172يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ
173إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
ތިޔަބައިމީހުންނަށް އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، مجبور ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
171އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 171

ސޫރަތު އަލް-ބަޤަރާ އާޔަތް 171 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : كافر ވި މީހުން (ނަށް دين އަށް ގޮވާލާ މީހާ) ގެ مثال…

ސޫރަތު އާޔަތް 171/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 169–173. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers