އަލް-ބަޤަރާ · 99/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَلَقَدْ أَنزَلْنَا إِلَيْكَ آيَاتٍ بَيِّنَاتٍ ۖ وَمَا يَكْفُرُ بِهَا إِلَّا الْفَاسِقُونَ ۝٩٩
Wa laqad anzalnaaa ilaika Aayaatim baiyinaatinw wa maa yakfuru bihaaa illal faasiqoon
📖 ދިވެހި މާނަ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق ންނޫން ބަޔަކު އެޔަކަށް كافر އެއް ނުވާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 97-101 — އަލް-ބަޤަރާ

97قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَهُدًى وَبُشْرَىٰ لِلْمُؤْمِنِينَ
ކަލޭގެފާނު ވިދާޅުވާށެވެ! جبريل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހަކީ، (اللَّه އަށް عداوة ތެރިޔަކު ކަމުގައިވާ މީހެކެވެ.) އެހެނީ އެކަލޭގެފާނުން، ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ قرآن ގެނެސްދެއްވީ، اللَّه ގެ إذن ފުޅަށެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ حال ގައެވެ. مؤمن ތަކުންނަށް ތެދުމަގެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ
98مَن كَانَ عَدُوًّا لِّلَّهِ وَمَلَائِكَتِهِ وَرُسُلِهِ وَجِبْرِيلَ وَمِيكَالَ فَإِنَّ اللَّهَ عَدُوٌّ لِّلْكَافِرِينَ
اللَّه އާއި އެކަލާނގެ ملائكة ންނާއި، އެކަލާނގެ رسول ންނާއި، جبريل ގެފާނާއި، ميكائيل ގެފާނަށް عداوة ތެރިޔަކު ކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އީ، كافر ންނަށް عداوة ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ
99وَلَقَدْ أَنزَلْنَا إِلَيْكَ آيَاتٍ بَيِّنَاتٍ ۖ وَمَا يَكْفُرُ بِهَا إِلَّا الْفَاسِقُونَ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق ންނޫން ބަޔަކު އެޔަކަށް كافر އެއް ނުވާނެތެވެ
100أَوَكُلَّمَا عَاهَدُوا عَهْدًا نَّبَذَهُ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ
އެއުރެން عهد އެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ عهد އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން إيمان އެއް ނުވެތެވެ
101وَلَمَّا جَاءَهُمْ رَسُولٌ مِّنْ عِندِ اللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ
އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ رسول އަކު، اللَّه ގެ حضرة ން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު، اللَّه ގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ، اللَّه ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
99އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 99

ސޫރަތު އަލް-ބަޤަރާ އާޔަތް 99 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފާޅުވެ بيان ވެގެންވާ آية ތަކެއް، ކަލޭގެފާނަށް ބާވައިލެއްވީމެވެ. فاسق…

ސޫރަތު އާޔަތް 99/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 97–101. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers