ޠާހާ · 133/135
ތަރުޖަމާ ކިޔެވުން — ސޫރަތު ޠާހާ
وَقَالُوا لَوْلَا يَأْتِينَا بِآيَةٍ مِّن رَّبِّهِ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِي الصُّحُفِ الْأُولَىٰ ۝١٣٣
Wa qaaloo law laa yaateenaa bi Aayatim mmir Rabbih; awalam taatihim baiyinatu maa fis suhufil oolaa
📖 ދިވެހި މާނަ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيان ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 131-135 — ސޫރަތު ޠާހާ

131وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ زَهْرَةَ الْحَيَاةِ الدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
އަދި އެއުރެންގެ ތެރެއިން ބަޔަކަށް دنيوى حياة ގެ ޒީނަތްތެރިކަމުގެ ގޮތުން ތިމަންރަސްކަލާނގެ އެތަކެއްޗާމެދު އެއުރެން امتحان ކުރެއްވުމަށްޓަކައި، ދެއްވި ތަކެއްޗަށް އެދިވަޑައިގެން، ކަލޭގެފާނު ނުބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވަވާ ތަކެތި ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ
132وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ
އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! رزق ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، تقوى ވެރިންނަށެވެ
133وَقَالُوا لَوْلَا يَأْتِينَا بِآيَةٍ مِّن رَّبِّهِ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِي الصُّحُفِ الْأُولَىٰ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيان ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
134وَلَوْ أَنَّا أَهْلَكْنَاهُم بِعَذَابٍ مِّن قَبْلِهِ لَقَالُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ
އޭގެކުރިން (އެބަހީ: قرآن ބާވައިލެއްވުމުގެ، ނުވަތަ محمد ގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ آية ތަކަށް تبع ވީމުހެވެ
135قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا ۖ فَسَتَعْلَمُونَ مَنْ أَصْحَابُ الصِّرَاطِ السَّوِيِّ وَمَنِ اهْتَدَىٰ
ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظار ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهل ވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ
ޠާހާޤުރުއާން ފިހުރިސްތު
135އާޔަތް
MeccanRevelation
133އާޔަތް

ތަރުޖަމާ — ޠާހާ 133

ސޫރަތު ޠާހާ އާޔަތް 133 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް…

ސޫރަތު އާޔަތް 133/135 — ސޫރަތު ޠާހާ طه (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޠާހާ އަޑު އަހާ, ސޫރަތު ޠާހާ ތަރުޖަމާ, ސޫރަތު ޠާހާ mp3, ސޫރަތު ޠާހާ pdf. އާޔަތް 131–135. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers