ޠާހާ · 135/135
ތަރުޖަމާ ކިޔެވުން — ޠާހާ
قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا ۖ فَسَتَعْلَمُونَ مَنْ أَصْحَابُ الصِّرَاطِ السَّوِيِّ وَمَنِ اهْتَدَىٰ ۝١٣٥
Qul kullum mutarabbisun fatarabbasoo fasta`lamoona man Ashaabus Siraatis Sawiyyi wa manih tadaa
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظار ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهل ވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ
🎧 އަޑު އަހާ

📜 އާޔަތް 133-135 — ޠާހާ

133وَقَالُوا لَوْلَا يَأْتِينَا بِآيَةٍ مِّن رَّبِّهِ ۚ أَوَلَمْ تَأْتِهِم بَيِّنَةُ مَا فِي الصُّحُفِ الْأُولَىٰ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އެކަލޭގެފާނު ތިމަންމެންނަށް معجزة އެއް ނުގެންނަވަނީ ކީއްވެގެން ހެއްޔެވެ؟ ފަހެ، (އެއުރެން އެހެންބުނާއިރު) ކުރީގެ ފޮތްތަކުގައި بيان ވެގެންވާ ހެކިތައް އެއުރެންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟
134وَلَوْ أَنَّا أَهْلَكْنَاهُم بِعَذَابٍ مِّن قَبْلِهِ لَقَالُوا رَبَّنَا لَوْلَا أَرْسَلْتَ إِلَيْنَا رَسُولًا فَنَتَّبِعَ آيَاتِكَ مِن قَبْلِ أَن نَّذِلَّ وَنَخْزَىٰ
އޭގެކުރިން (އެބަހީ: قرآن ބާވައިލެއްވުމުގެ، ނުވަތަ محمد ގެފާނު ފޮނުއްވުމުގެ ކުރިން) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ން އެއުރެން ހަލާކުކުރެއްވިނަމަ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ ގާތަށް رسول އަކު ނުފޮނުއްވެވީ ކީއްވެގެންތޯއެވެ؟ ފަހެ، އޭރުން ތިމަންމެން ދެރަވެ ހަލާކުވުމުގެ ކުރީގައި އިބަރަސްކަލާނގެ آية ތަކަށް تبع ވީމުހެވެ
135قُلْ كُلٌّ مُّتَرَبِّصٌ فَتَرَبَّصُوا ۖ فَسَتَعْلَمُونَ مَنْ أَصْحَابُ الصِّرَاطِ السَّوِيِّ وَمَنِ اهْتَدَىٰ
ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ، ތިޔަބައިމީހުންވެސް انتظار ކުރާށެވެ! ފަހެ، ސީދާވެގެންވާ ތެދުމަގުގެ أهل ވެރިންނަކީ އަދި هداية ލިބިގެންވާ މީހުންނަކީ، ކޮބައިކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ
ޠާހާޤުރުއާން ފިހުރިސްތު
135އާޔަތް
MeccanRevelation
135އާޔަތް

ތަރުޖަމާ — ޠާހާ 135

ސޫރަތު ޠާހާ އާޔަތް 135 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެމީހަކީވެސް (އެމީހަކަށް އަތުވެދާނެ ކަންކަމާމެދު) انتظار ކުރާ މީހެކެވެ. ފަހެ،…

ސޫރަތު އާޔަތް 135/135 — ޠާހާ طه (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޠާހާ އަޑު އަހާ, ޠާހާ ތަރުޖަމާ, ޠާހާ mp3, ޠާހާ pdf. އާޔަތް 133–135. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers