ޠާހާ · 80/135
ތަރުޖަމާ ކިޔެވުން — ޠާހާ
يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ ۝٨٠
Yaa Baneee Israaa`eela qad anjainaakum min `aduw wikum wa wa`adnaakum jaanibat Tooril aimana wa nazzalnaa `alaikumul Manna was Salwaa
📖 ދިވެހި މާނަ
އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسى ގެފާނަށް) طور ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعاد އެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. (ނޯޓު: منّ އަކީ ބަޔެއް مفسّر ން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ ބާވަތެއްގެ ދޫންޏެކެވެ)
🎧 އަޑު އަހާ

📜 އާޔަތް 78-82 — ޠާހާ

78فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ
ފަހެ، فرعون އޭނާގެ لشكر އާއިގެން އެއުރެންގެ ފަހަތުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު އެ لشكر އެކަށް ފޮރުވާލައި ނިވާކޮށްލައިފިއެވެ
79وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ
فرعون އޭނާގެ قوم ގެމީހުން މަގުފުރެއްދިއެވެ. އަދި އޭނާ (އެއުރެންނަކަށް) ތެދުމަގެއްވެސް ނުދެއްކިއެވެ
80يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ
އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ: موسى ގެފާނަށް) طور ފަރުބަދައިގެ ކަނާތްފަރާތަށް (ވަޑައިގަތުމަށް) ميعاد އެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ. (ނޯޓު: منّ އަކީ ބަޔެއް مفسّر ން ވިދާޅުވާގޮތުގައި ފިނިފައިބާގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ. އަނެއްބައި مفسّر ން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. سلوى އަކީ ބާވަތެއްގެ ދޫންޏެކެވެ)
81كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ
ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އެކަމުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ފަހެ، އޭރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެދާހުށްޓެވެ. އަދި އެމީހެއްގެ މައްޗަށް ތިމަންރަސްކަލާނގެ ކޯފާ އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ވެއްޓި ހަލާކުވެ ހިނގައްޖެއެވެ
82وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ
توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްްކަލާނގެކަން ކަށަވަރެވެ
ޠާހާޤުރުއާން ފިހުރިސްތު
135އާޔަތް
MeccanRevelation
80އާޔަތް

ތަރުޖަމާ — ޠާހާ 80

ސޫރަތު ޠާހާ އާޔަތް 80 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ إسـرآءيـل ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عدوّ ންގެ ކިބައިން ތިޔަބައިމީހުން…

ސޫރަތު އާޔަތް 80/135 — ޠާހާ طه (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޠާހާ އަޑު އަހާ, ޠާހާ ތަރުޖަމާ, ޠާހާ mp3, ޠާހާ pdf. އާޔަތް 78–82. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers