އަލް-އަންބިޔާއް · 41/112
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންބިޔާއް
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ ۝٤١
Wa laqadis tuhzi`a bi-Rusulim min qablika fahaaqa billazeena sakhiroo minhum maa kaanoo bihee yastahzi`oon
📖 ދިވެހި މާނަ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ

🎧 އަޑު އަހާ


📜 އާޔަތް 39-43 — ސޫރަތު އަލް-އަންބިޔާއް

39لَوْ يَعْلَمُ الَّذِينَ كَفَرُوا حِينَ لَا يَكُفُّونَ عَن وُجُوهِهِمُ النَّارَ وَلَا عَن ظُهُورِهِمْ وَلَا هُمْ يُنصَرُونَ
كافر ވި މީހުންނަށް އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފުރަގަހުން، އަލިފާނުގެ عذاب ދުރުނުކުރެވޭހިނދު، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر ލިބުމެއް ނުވާހިނދު (އެކަން) އެނގޭނަމަ (އެއުރެން އެހެނެއް ނުބުނާނެ) ތެވެ
40بَلْ تَأْتِيهِم بَغْتَةً فَتَبْهَتُهُمْ فَلَا يَسْتَطِيعُونَ رَدَّهَا وَلَا هُمْ يُنظَرُونَ
އަދި ކިއެއްތަ! އެއުރެންނަށް އެކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެކަންތައް އެއުރެން حيران ކޮށްލާނެތެވެ. ފަހެ، އެއުރެންނަށް އެކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި އެއުރެންނަކަށް مهلة އެއް ނުމެދެއްވާނެމެއެވެ
41وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ
42قُلْ مَن يَكْلَؤُكُم بِاللَّيْلِ وَالنَّهَارِ مِنَ الرَّحْمَٰنِ ۗ بَلْ هُمْ عَن ذِكْرِ رَبِّهِم مُّعْرِضُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ރެޔާއިދުވާލުގައި، رحمن ވަންތަ ރަސްކަލާނގެ ކޯފާއިން ތިޔަބައިމީހުން ރައްކާތެރިކުރާނީ ކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ ފޮތަށް ފުރަގަސްދޭ ބަޔެކެވެ
43أَمْ لَهُمْ آلِهَةٌ تَمْنَعُهُم مِّن دُونِنَا ۚ لَا يَسْتَطِيعُونَ نَصْرَ أَنفُسِهِمْ وَلَا هُم مِّنَّا يُصْحَبُونَ
ނުވަތަ ތިމަންރަސްކަލާނގެ عذاب އެއުރެންގެ ކިބައިން ދުރުކޮށްދޭނެ إله ން ތަކެއް، އެއުރެންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ نفس އަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއްނުވެތެވެ. އަދި ތިމަންރަސްކަލާނގެ عذاب ން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ
އަލް-އަންބިޔާއްޤުރުއާން ފިހުރިސްތު
112އާޔަތް
MeccanRevelation
41އާޔަތް

ތަރުޖަމާ — އަލް-އަންބިޔާއް 41

ސޫރަތު އަލް-އަންބިޔާއް އާޔަތް 41 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް…

ސޫރަތު އާޔަތް 41/112 — ސޫރަތު އަލް-އަންބިޔާއް الأنبياء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންބިޔާއް އަޑު އަހާ, ސޫރަތު އަލް-އަންބިޔާއް ތަރުޖަމާ, ސޫރަތު އަލް-އަންބިޔާއް mp3, ސޫރަތު އަލް-އަންބިޔާއް pdf. އާޔަތް 39–43. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers