އަލް-މުއުމިނޫން · 23/118
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-މުއުމިނޫން
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ أَفَلَا تَتَّقُونَ ۝٢٣
Wa laqad arsalnaa Noohan ilaa qawmihee faqaala yaa qawmi`budul laaha maa lakum min ilahin ghairuhoo afalaa tattaqoon
📖 ދިވެހި މާނަ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟

🎧 އަޑު އަހާ


📜 އާޔަތް 21-25 — ސޫރަތު އަލް-މުއުމިނޫން

21وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ
22وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ
އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވަތެވެ
23وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ أَفَلَا تَتَّقُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
24فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصد ކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّه އިރާދަކުރެއްވިނަމަ (رسول ން ކަމުގައި) ملائكة ން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ
25إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّىٰ حِينٍ
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظار ކުރާށެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
23އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 23

ސޫރަތު އަލް-މުއުމިނޫން އާޔަތް 23 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން…

ސޫރަތު އާޔަތް 23/118 — ސޫރަތު އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-މުއުމިނޫން އަޑު އަހާ, ސޫރަތު އަލް-މުއުމިނޫން ތަރުޖަމާ, ސޫރަތު އަލް-މުއުމިނޫން mp3, ސޫރަތު އަލް-މުއުމިނޫން pdf. އާޔަތް 21–25. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers