އަލް-ޤަސަޞް · 60/88
ތަރުޖަމާ ކިޔެވުން — އަލް-ޤަސަޞް
وَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَزِينَتُهَا ۚ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ ۚ أَفَلَا تَعْقِلُونَ ۝٦٠
Wa maaa ooteetum min shai`in famataa`ul hayaatid dunyaa wa zeenatuhaa; wa maa `indal laahi khairunw wa abqaa; afalaa ta`qiloon
📖 ދިވެހި މާނަ
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اللَّه ގެ حضرة ގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 58-62 — އަލް-ޤަސަޞް

58وَكَمْ أَهْلَكْنَا مِن قَرْيَةٍ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَاكِنُهُمْ لَمْ تُسْكَن مِّن بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ الْوَارِثِينَ
އަދި އެއުރެންނަށް ދެއްވި ދިރިއުޅުމުގެ ތަނަވަސްކަމުގެ މައްޗަށް كبر ވެރިވެގެން އުޅުނު ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކުކޮށްލެއްވިން ހެއްޔެވެ؟ ފަހެ، އެއުރެންގެ ގެދޮރު (ފެންނާން) އެހުރީއެވެ. ވަރަށްމަދު ހިނދުކޮޅެއްގައި މެނުވީ، އެއިން ގެއެއްގައި އެއުރެންނަށްފަހު، މީހަކަށް ނޫޅެވެތެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ)
59وَمَا كَانَ رَبُّكَ مُهْلِكَ الْقُرَىٰ حَتَّىٰ يَبْعَثَ فِي أُمِّهَا رَسُولًا يَتْلُو عَلَيْهِمْ آيَاتِنَا ۚ وَمَا كُنَّا مُهْلِكِي الْقُرَىٰ إِلَّا وَأَهْلُهَا ظَالِمُونَ
އަދި ރަށްތަކުގެ ތެރެއިން މައިރަށަށް، ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ވިދާޅުވެ ދެއްވާނޭ رسول އަކު ފޮނުއްވައިފުމަށް ދާނދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެރަށްތައް ހަލާކުކޮށެއް ނުލައްވަތެވެ. އެތަންތާނގެ أهل ވެރިން އަނިޔާވެރިވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެރަށްތައް ހަލާކެއް ނުކުރައްވަމެވެ
60وَمَا أُوتِيتُم مِّن شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا وَزِينَتُهَا ۚ وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ ۚ أَفَلَا تَعْقِلُونَ
އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި އެތާނގެ ޒީނަތްތެރިކަމެވެ. އަދި اللَّه ގެ حضرة ގައިވާ ތަކެތި ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟
61أَفَمَن وَعَدْنَاهُ وَعْدًا حَسَنًا فَهُوَ لَاقِيهِ كَمَن مَّتَّعْنَاهُ مَتَاعَ الْحَيَاةِ الدُّنْيَا ثُمَّ هُوَ يَوْمَ الْقِيَامَةِ مِنَ الْمُحْضَرِينَ
ފަހެ، އެމީހަކަށް ރިވެތިވެގެންވާ وعد އަކުން ތިމަންރަސްކަލާނގެ وعد ކުރައްވާފައިވާ، އަދި އެ وعد ކުރެއްވެވިކަމެއް ލިބެނިވި މީހަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފާ ތިމަންރަސްކަލާނގެ އެމީހަކަށް ދެއްވި މީހަކާ އެއްފަދަ މީހެއް ހެއްޔެވެ؟ ދެން قيامة ދުވަހުން، އެމީހާވާހުށީ (عقوبات ލިބުމަށް) حاضر ކުރައްވާ މީހުންގެ ތެރެއިންނެވެ
62وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ
އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟
އަލް-ޤަސަޞްޤުރުއާން ފިހުރިސްތު
88އާޔަތް
MeccanRevelation
60އާޔަތް

ތަރުޖަމާ — އަލް-ޤަސަޞް 60

ސޫރަތު އަލް-ޤަސަޞް އާޔަތް 60 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިޔަބައިމީހުންނަށް ދެއްވި ކޮންމެ އެއްޗަކީ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެކެވެ. އަދި…

ސޫރަތު އާޔަތް 60/88 — އަލް-ޤަސަޞް القصص (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޤަސަޞް އަޑު އަހާ, އަލް-ޤަސަޞް ތަރުޖަމާ, އަލް-ޤަސަޞް mp3, އަލް-ޤަސަޞް pdf. އާޔަތް 58–62. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers