އައް-ޒުމަރު · 70/75
ތަރުޖަމާ ކިޔެވުން — އައް-ޒުމަރު
وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ ۝٧٠
Wa wuffiyat kullu nafsim maa `amilat wa Huwa a`lamubimaa yaf`aloon
📖 ދިވެހި މާނަ
އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެތެވެ. އެކަލާނގެއީ، އެއުރެން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 68-72 — އައް-ޒުމަރު

68وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ
69وَأَشْرَقَتِ الْأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُم بِالْحَقِّ وَهُمْ لَا يُظْلَمُونَ
އަދި ބިން، އެ ބިމުގެ ވެރިރަސްކަލާނގެ نور ފުޅުން އަލިވެގެންދާނެތެވެ. އަދި عمل ތަކުގެ ފަތް (ހުޅުވާލައްވާފައި) ބާއްވަވާނެތެވެ. އަދި ނަބިއްޔުންނާއި، ހެކިވެރިން حاضر ކުރައްވާނެތެވެ. އަދި އެއުރެންގެ މެދުގައި حق އަށް ނިޔާކުރައްވާނެތެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
70وَوُفِّيَتْ كُلُّ نَفْسٍ مَّا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެތެވެ. އެކަލާނގެއީ، އެއުރެން ކުރާކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
71وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ
އަދި كافر ވިމީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذار ކުރައްވާނޭ رسول ން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذاب ގެ ބަސްފުޅު كافر ންގެ މައްޗަށް حق ވެއްޖެއެވެ
72قِيلَ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ
އަންގަވާހުށްޓެވެ. އެތާނގައި ދެމިތިބެނިވިގޮތުގައި، ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! ފަހެ (އެއީ) كِبر ވެރިވެގެންވާމީހުން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ
އައް-ޒުމަރުޤުރުއާން ފިހުރިސްތު
75އާޔަތް
MeccanRevelation
70އާޔަތް

ތަރުޖަމާ — އައް-ޒުމަރު 70

ސޫރަތު އައް-ޒުމަރު އާޔަތް 70 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް…

ސޫރަތު އާޔަތް 70/75 — އައް-ޒުމަރު الزمر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ޒުމަރު އަޑު އަހާ, އައް-ޒުމަރު ތަރުޖަމާ, އައް-ޒުމަރު mp3, އައް-ޒުމަރު pdf. އާޔަތް 68–72. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers