އަން-ނިސާއް · 80/176
ތަރުޖަމާ ކިޔެވުން — އަން-ނިސާއް
مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ۝٨٠
Man yuti`ir Rasoola faqad ataa`al laaha wa man tawallaa famaaa arsalnaaka `alaihim hafeezaa
📖 ދިވެހި މާނަ
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 78-82 — އަން-ނިސާއް

78أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِندِ اللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا
އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟
79مَّا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ ۖ وَمَا أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِاللَّهِ شَهِيدًا
ތިބާޔަށް ލިބިއްޖެ ހެޔޮކަމަކީ، ފަހެ، اللَّه ގެ حضرة ން އައިކަމެކެވެ. އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، رسول އަކު ކަމުގައެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ
80مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ ۖ وَمَن تَوَلَّىٰ فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ
81وَيَقُولُونَ طَاعَةٌ فَإِذَا بَرَزُوا مِنْ عِندِكَ بَيَّتَ طَائِفَةٌ مِّنْهُمْ غَيْرَ الَّذِي تَقُولُ ۖ وَاللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا
އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެއުރެން ރާވާގޮތް اللَّه ލިޔުއްވަތެވެ. ފަހެ، ކަލޭގެފާނު އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދެއެވެ
82أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا
ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ
އަން-ނިސާއްޤުރުއާން ފިހުރިސްތު
176އާޔަތް
MedinanRevelation
80އާޔަތް

ތަރުޖަމާ — އަން-ނިސާއް 80

ސޫރަތު އަން-ނިސާއް އާޔަތް 80 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި،…

ސޫރަތު އާޔަތް 80/176 — އަން-ނިސާއް النساء (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަން-ނިސާއް އަޑު އަހާ, އަން-ނިސާއް ތަރުޖަމާ, އަން-ނިސާއް mp3, އަން-ނިސާއް pdf. އާޔަތް 78–82. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers