އައް-ދުޚާން · 19/59
ތަރުޖަމާ ކިޔެވުން — އައް-ދުޚާން
وَأَن لَّا تَعْلُوا عَلَى اللَّهِ ۖ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ ۝١٩
Wa al laa ta`loo `alal laahi innee aateekum bisultaanim mubeen
📖 ދިވެހި މާނަ
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ
🎧 އަޑު އަހާ

📜 އާޔަތް 17-21 — އައް-ދުޚާން

17۞ وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءَهُمْ رَسُولٌ كَرِيمٌ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعون ގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ رسول އަކު ވަޑައިގަތެވެ
18أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ ۖ إِنِّي لَكُمْ رَسُولٌ أَمِينٌ
(ވިދާޅުވަމުންނެވެ.) އޭ اللَّه ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تَبع ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسول އަކީމެވެ
19وَأَن لَّا تَعْلُوا عَلَى اللَّهِ ۖ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ
20وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ
ތިޔަބައިމީހުން ތިމަންކަލޭގެފާނު رجم ކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ
21وَإِن لَّمْ تُؤْمِنُوا لِي فَاعْتَزِلُونِ
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް إيمان ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ
އައް-ދުޚާންޤުރުއާން ފިހުރިސްތު
59އާޔަތް
MeccanRevelation
19އާޔަތް

ތަރުޖަމާ — އައް-ދުޚާން 19

ސޫރަތު އައް-ދުޚާން އާޔަތް 19 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ…

ސޫރަތު އާޔަތް 19/59 — އައް-ދުޚާން الدخان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އައް-ދުޚާން އަޑު އަހާ, އައް-ދުޚާން ތަރުޖަމާ, އައް-ދުޚާން mp3, އައް-ދުޚާން pdf. އާޔަތް 17–21. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers