އަލް-މާއިދާ · 67/120
ތަރުޖަމާ ކިޔެވުން — އަލް-މާއިދާ
۞ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ ۝٦٧
Yaaa aiyuhar Rasoolu balligh maaa unzila ilaika mir Rabbika wa il lam taf`al famaaa ballaghta Risaalatah; wallaahu ya`simuka minan naas; innal laaha laa yahdil qawmal kaafireen
📖 ދިވެހި މާނަ
އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، كافر ވި މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 65-69 — އަލް-މާއިދާ

65وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ
ހަމަކަށަވަރުން، ފޮތުގެ أهل ވެރިން إيمان ވެ، تقوى ވެރިވީނަމަ، އެއުރެންގެ ކުށްތައް ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ފުއްސެވީމުހެވެ. އަދި نعمة ގެ ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެއުރެން ވެއްދެވީމުހެވެ
66وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَاءَ مَا يَعْمَلُونَ
އަދި އެއުރެން توراة އާއި، إنجيل އާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކުރިނަމަ، އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން އެއުރެންނަށް رزق ލިބުނީހެވެ. އެއުރެންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ކުޅަ عمل ތައް ހާދަހާ ނުބައިވެގެންވެއެވެ
67۞ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّهُ يَعْصِمُكَ مِنَ النَّاسِ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الْكَافِرِينَ
އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، كافر ވި މީސްތަކުންނަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
68قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۖ فَلَا تَأْسَ عَلَى الْقَوْمِ الْكَافِرِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުން توراة އާއި، إنجيل އާއި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންނަށް ބާވައިލެއްވިފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކޮށްފުމަށްދާނދެން ތިޔަބައިމީހުން ތެދުމަގެއްގައި ތިބިބަޔަކު ކަމުގައި ނުވަމުއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި، އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. ފަހެ، كافر ވި މީސްތަކުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ
69إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئُونَ وَالنَّصَارَىٰ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ހަމަކަށަވަރުން، إيمان ވި މީހުންނާއި، يهودى ން ކަމުގައިވި މީހުންނާއި، صابئ ންނާއި، نصارى އިންގެ ތެރެއިން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ހެޔޮ عمل ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
އަލް-މާއިދާޤުރުއާން ފިހުރިސްތު
120އާޔަތް
MedinanRevelation
67އާޔަތް

ތަރުޖަމާ — އަލް-މާއިދާ 67

ސޫރަތު އަލް-މާއިދާ އާޔަތް 67 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية…

ސޫރަތު އާޔަތް 67/120 — އަލް-މާއިދާ المائدة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މާއިދާ އަޑު އަހާ, އަލް-މާއިދާ ތަރުޖަމާ, އަލް-މާއިދާ mp3, އަލް-މާއިދާ pdf. އާޔަތް 65–69. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers