ޤާފް · 23/45
ތަރުޖަމާ ކިޔެވުން — ސޫރަތު ޤާފް
وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ ۝٢٣
Wa qaala qareenuhoo haazaa maa ladaiya `ateed
📖 ދިވެހި މާނަ
އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ

🎧 އަޑު އަހާ


📜 އާޔަތް 21-25 — ސޫރަތު ޤާފް

21وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ
އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ
22لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު غافل ކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން غافل ކަމުގެ ފަރުދާ كشف ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ
23وَقَالَ قَرِينُهُ هَٰذَا مَا لَدَيَّ عَتِيدٌ
އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ
24أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ
(އެ ދެ ملائكة ންނަށް އަންގަވާނެތެވެ.) حق އާދެކޮޅުހަދާ، ގޮތްދޫނުކުރާ ކޮންމެ كافر އަކު ނަރަކަޔަށް އެއްލަވާށެވެ
25مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ
(އެއީ) ހެޔޮކަންތައް މަނާކުރުން ގިނަަ އަނިޔާވެރި، ދީނާމެދު شك ކުރާ ކޮންމެ މީހެކެވެ
ޤާފްޤުރުއާން ފިހުރިސްތު
45އާޔަތް
MeccanRevelation
23އާޔަތް

ތަރުޖަމާ — ޤާފް 23

ސޫރަތު ޤާފް އާޔަތް 23 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ…

ސޫރަތު އާޔަތް 23/45 — ސޫރަތު ޤާފް ق (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޤާފް އަޑު އަހާ, ސޫރަތު ޤާފް ތަރުޖަމާ, ސޫރަތު ޤާފް mp3, ސޫރަތު ޤާފް pdf. އާޔަތް 21–25. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers