އަލް-އަންޢާމް · 140/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِ ۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ ۝١٤٠
Qad khasiral lazeena qatalooo awlaadahum safaham bighairi `ilminw wa harramoo maa razaqahumul laahuf tiraaa`an `alal laah; qad dalloo wa maa kaanoo muhtadeen
📖 ދިވެހި މާނަ
އެއްވެސް علم އަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتل ކޮށް، އެއުރެންނަށް اللَّه ދެއްވި ތަކެތި، اللَّه އަށް ދޮގުހެދުމުގެ ގޮތުން، حرام ކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން يقين އެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 138-142 — އަލް-އަންޢާމް

138وَقَالُوا هَٰذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لَّا يَطْعَمُهَا إِلَّا مَن نَّشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لَّا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا يَفْتَرُونَ
އެއުރެން ބުނެފޫއެވެ. މިހިރީ، މަނާކޮށްފައިވާ نعم ސޫފިތަކާއި ދަނޑުގޮވާންތަކެވެ. އެއުރެން ހީކުރާ ގޮތުގައި، އެއުރެން އެދޭ ބަޔަކު މެނުވީ، އެތަކެތި ކައިގެން ނުވާނެތެވެ. އަދި މިތިބީ އޭގެ ބުރިކަށިތައް حرام ކޮށްފައިވާ نعم ސޫފިތަކެވެ. އަދި މިތިބީ، (ކަތިލާހިނދު) އޭގެ މައްޗަށް އެއުރެން، اللَّه ގެ اسم ފުޅު ނަންނުގަންނަ نعم ސޫފިިތަކެވެ. (މިހުރިހާ ކަމެއް އެއުރެން ކުރަނީ) އެކަލާނގެއަށް ދޮގުހެދުމުގެ ގޮތުންނެވެ. އެއުރެން ހަދާ އުޅުނު ދޮގުތަކުގެ ސަބަބުން، އެކަލާނގެ އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ
139وَقَالُوا مَا فِي بُطُونِ هَٰذِهِ الْأَنْعَامِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰ أَزْوَاجِنَا ۖ وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَاءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ
އަދި އެއުރެން ބުނެފޫއެވެ. މި نعم ސޫފިތަކުގެ ބަނޑުތެރޭގައިވާ ތަކެތި، حلال ވެގެންވަނީ، އަހުރެމެންކުރެ ފިރިހެނުންނަށެވެ. އަދި އެތަކެތި ވަނީ، އަހުރެމެންގެ އަންހެނުންގެ މައްޗަށް حرام ވެގެންނެވެ. އެތަކެތި މަރުވެފައިވާނަމަ، އެކެއުމުގައި އެންމެން ހަމަހަމައެވެ. އެއުރެން (އެތަކެއްޗަށް حلال ނުވަތަ حرام ކަމުގެ) ސިިފަދިނުމުގެ ސަބަބުން، އެއުރެންނަށް އެކަލާނގެ عقوبات ދެއްވާނެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
140قَدْ خَسِرَ الَّذِينَ قَتَلُوا أَوْلَادَهُمْ سَفَهًا بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمُ اللَّهُ افْتِرَاءً عَلَى اللَّهِ ۚ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ
އެއްވެސް علم އަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتل ކޮށް، އެއުރެންނަށް اللَّه ދެއްވި ތަކެތި، اللَّه އަށް ދޮގުހެދުމުގެ ގޮތުން، حرام ކުޅަ މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. އެއުރެން މަގުފުރެދިއްޖެކަން يقين އެވެ. އަދި އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައިވެސް ނުވެއެވެ
141۞ وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ
އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮަނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ
142وَمِنَ الْأَنْعَامِ حَمُولَةً وَفَرْشًا ۚ كُلُوا مِمَّا رَزَقَكُمُ اللَّهُ وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
އަދި نعم ސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް اللَّه ދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން تبع ނުވާށެވެ! ހަމަކަށަވަރުން، އެ شيطان އާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި عداوة ތެރިއެކެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
140އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 140

ސޫރަތު އަލް-އަންޢާމް އާޔަތް 140 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއްވެސް علم އަކާނުލައި، ޖާހިލުކަމުން އެއުރެންގެ ދަރިން قتل ކޮށް، އެއުރެންނަށް اللَّه…

ސޫރަތު އާޔަތް 140/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 138–142. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers