އަލް-އަންޢާމް · 147/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍ وَاسِعَةٍ وَلَا يُرَدُّ بَأْسُهُ عَنِ الْقَوْمِ الْمُجْرِمِينَ ۝١٤٧
Fa in kazzabooka faqur Rabbukum zoo rahmatinw waasi`atinw waasi`atinw wa laa yuraddu baasuhoo `anil qawmil mujrimeen
📖 ދިވެހި މާނަ
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 145-149 — އަލް-އަންޢާމް

145قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ ۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން حرام ކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި وحى ގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ اللَّه ނޫންފަރާތަކަށް ކަތިލާފައިވާ فاسق އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް حرام ވެގެންވެއެވެ.) ފަހެ، ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަަހަނަޅައިދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
146وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُم بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ
ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް حرام ކުރެއްވީމެވެ. އެގޮތުން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖަޒާދެއްވީ، އެއުރެންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތެދު وحى ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ
147فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍ وَاسِعَةٍ وَلَا يُرَدُّ بَأْسُهُ عَنِ الْقَوْمِ الْمُجْرِمِينَ
ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ
148سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِن شَيْءٍ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا ۖ إِن تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ
شريك ކުޅަ މީހުން ބުނާނެތެވެ. اللَّه އިރާދަކުރެއްވިނަމަަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، شريك އެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް حرام ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ عذاب ގެ ރަހަ ލިބިއްޖައުމަށްދާނދެން (رسول ން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން تبع ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުން ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ
149قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ حجّة ވަނީ اللَّه އަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
147އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 147

ސޫރަތު އަލް-އަންޢާމް އާޔަތް 147 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ތަނަވަސްވެގެންވާ رحمة ގެ…

ސޫރަތު އާޔަތް 147/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 145–149. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers