އަލް-އަންފާލް · 64/75
ތަރުޖަމާ ކިޔެވުން — އަލް-އަންފާލް
يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ۝٦٤
Yaaa aiyuhan Nabiyyu hasbukal laahu wa manittaba `aka minal mu`mineen
📖 ދިވެހި މާނަ
އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށްވެސް މެއެވެ
🎧 އަޑު އަހާ

📜 އާޔަތް 62-66 — އަލް-އަންފާލް

62وَإِن يُرِيدُوا أَن يَخْدَعُوكَ فَإِنَّ حَسْبَكَ اللَّهُ ۚ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ
އަދި ކަލޭގެފާނަށް ކެހިދިނުމަށް އެއުރެން قصد ކުރާނަމަ، ފަހެ، ހަމަކަށަވަރުން، ކަލޭގެފާނަށް اللَّه ފުދެތެވެ. އެކަލާނގެއީ، އެކަލާނގެ نصر އާއި، مؤمن ން މެދުވެރިކުރައްވައިގެން، ކަލޭގެފާނަށް ގަދަކަންދެއްވި ރަސްކަލާނގެއެވެ
63وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ
އަދި އެކަލާނގެ އެއުރެންގެ ހިތްތައް (އެބަހީ: مؤمن ންގެ ހިތްތައް) އެކުވެރި ކުރެއްވިއެވެ. ކަލޭގެފާނު ބިމުގައިވާ ހުރިހާ އެއްޗެއް ހޭދަކުރެއްވިޔަސް އެއުރެންގެ ހިތްތައް އެކުވެރިއެއް ނުކުރެއްވުނީހެވެ. އެހެނެއްކަމަކު، اللَّه، އެއުރެން އެކުވެރި ކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
64يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ
އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހަކަށްވެސް މެއެވެ
65يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
އޭ ނަބިއްޔާއެވެ! (دين ގެ دفاع ގައި) ހަނގުރާމަކުރުމަށް مؤمن ތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (كافر ންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، كافر ވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ
66الْآنَ خَفَّفَ اللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ
މިހާރު، اللَّه ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންކުރެ، ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، (އެއުރެންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުން ތިބިނަމަ (އެއުރެންގެ) ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. اللَّه ގެ إذن ޔާ އެކުގައެވެ. اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
64އާޔަތް

ތަރުޖަމާ — އަލް-އަންފާލް 64

ސޫރަތު އަލް-އަންފާލް އާޔަތް 64 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް اللَّه ފުދެތެވެ. އަދި مؤمن ންގެ ތެރެއިން ކަލޭގެފާނަށް…

ސޫރަތު އާޔަތް 64/75 — އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންފާލް އަޑު އަހާ, އަލް-އަންފާލް ތަރުޖަމާ, އަލް-އަންފާލް mp3, އަލް-އަންފާލް pdf. އާޔަތް 62–66. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers