އަތް-ތައުބާ · 59/129
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ތައުބާ
وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِن فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ ۝٥٩
Wa law annahum radoo maaa aataahumul laahu wa Rasooluhoo wa qaaloo hasbunal laahu wayu`teenallaahu min fadlihee wa Rasooluhooo innaaa ilallaahi raaghiboon
📖 ދިވެހި މާނަ
اللَّه އާއި، އެކަލާނގެ رسول އާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. اللَّه، ތިމަންމެންނަށް ފުދެއެވެ. اللَّه އާއި، އެކަލާނގެ رسول އާ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، اللَّه ގެ حضرة އަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ

🎧 އަޑު އަހާ


📜 އާޔަތް 57-61 — ސޫރަތު އަތް-ތައުބާ

57لَوْ يَجِدُونَ مَلْجَأً أَوْ مَغَارَاتٍ أَوْ مُدَّخَلًا لَّوَلَّوْا إِلَيْهِ وَهُمْ يَجْمَحُونَ
އެއުރެން ފިލަންދާނޭ ކިއްލާއެއް، ނުވަތަ ހޮހަޅަތަކެއް، ނުވަތަ ވަންނާނޭ އެހެންތަނެއްވެސް، އެއުރެންނަށް ފެންނާނޭނަމަ، އަވަސްވެގަނެގެން އެތަނަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ
58وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَضُوا وَإِن لَّمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ
صدقات ބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެތެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަަ، އެހާރުން އެއުރެން ރުޅި އަރަތެވެ
59وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِن فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ
اللَّه އާއި، އެކަލާނގެ رسول އާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. اللَّه، ތިމަންމެންނަށް ފުދެއެވެ. اللَّه އާއި، އެކަލާނގެ رسول އާ، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، اللَّه ގެ حضرة އަށް އެދިއެދި ތިބޭ ބަޔަކު ކަމުގައެވެ
60۞ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ
61وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ ۚ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِاللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ آمَنُوا مِنكُمْ ۚ وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ
ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّه އަށް إيمان ވެ ވަޑައިގަނެތެވެ. އަދި مؤمن ންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނަށްވާ رحمة އެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
59އާޔަތް

ތަރުޖަމާ — އަތް-ތައުބާ 59

ސޫރަތު އަތް-ތައުބާ އާޔަތް 59 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه އާއި، އެކަލާނގެ رسول އާ އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި،…

ސޫރަތު އާޔަތް 59/129 — ސޫރަތު އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ތައުބާ އަޑު އަހާ, ސޫރަތު އަތް-ތައުބާ ތަރުޖަމާ, ސޫރަތު އަތް-ތައުބާ mp3, ސޫރަތު އަތް-ތައުބާ pdf. އާޔަތް 57–61. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers