ޔޫނުސް · 37/109
ތަރުޖަމާ ކިޔެވުން — ޔޫނުސް
وَمَا كَانَ هَٰذَا الْقُرْآنُ أَن يُفْتَرَىٰ مِن دُونِ اللَّهِ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ ۝٣٧
Wa maa kaana haazal Quraanu ai yuftaraa min doonil laahi wa laakin tasdeeqal lazee baina yadaihi wa tafseelal Kitaabi laa raiba fee mir Rabbil `aalameen
📖 ދިވެހި މާނަ
اللَّه ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި قرآن ނުވެއެވެ. އެހެނެއްކަމަކު (އެ قرآن ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ حكم ތައް تفصيل ކޮށްދެއްވުމަށެވެ. އެ ފޮތާމެދު شك އެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ންނެވެ
🎧 އަޑު އަހާ

📜 އާޔަތް 35-39 — ޔޫނުސް

35قُلْ هَلْ مِن شُرَكَائِكُم مَّن يَهْدِي إِلَى الْحَقِّ ۚ قُلِ اللَّهُ يَهْدِي لِلْحَقِّ ۗ أَفَمَن يَهْدِي إِلَى الْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّي إِلَّا أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން شريك ކުރާ ފަރާތްތަކުގެ ތެރޭގައި حق އަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! حق އަށް މަގުދައްކަވަނީ اللَّه އެވެ. ފަހެ، تبع ވުން حق ކަންބޮޑީ حق އަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
36وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّهَ عَلِيمٌ بِمَا يَفْعَلُونَ
އެއުރެންކުރެ ގިނަމީހުން ހީއަކާމެނުވީ تبع އެއް ނުވެތެވެ. ހަމަކަށަވަރުން، ހީއަކީ حق ގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
37وَمَا كَانَ هَٰذَا الْقُرْآنُ أَن يُفْتَرَىٰ مِن دُونِ اللَّهِ وَلَٰكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ
اللَّه ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި قرآن ނުވެއެވެ. އެހެނެއްކަމަކު (އެ قرآن ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ حكم ތައް تفصيل ކޮށްދެއްވުމަށެވެ. އެ ފޮތާމެދު شك އެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ންނެވެ
38أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ
އަދި ކިއެއްތަ! (އެ قرآن (އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ)
39بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ
އަދި ކިއެއްތަ! އެ قرآن ގައިވާ އެއްޗެއް އެއުރެންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެއުރެންނާ ހަމަޔަށް ނާންނަނީސް، އެއުރެން އެ قرآن ދޮގުކުރޫއެވެ. ހަމަ އެފަދައިން އެއުރެންގެ ކުރީގެ މީހުންވެސް (އެއުރެންގެ رسول ން) ދޮގުކުރޫއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
37އާޔަތް

ތަރުޖަމާ — ޔޫނުސް 37

ސޫރަތު ޔޫނުސް އާޔަތް 37 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ނޫންފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި قرآن ނުވެއެވެ. އެހެނެއްކަމަކު (އެ…

ސޫރަތު އާޔަތް 37/109 — ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޔޫނުސް އަޑު އަހާ, ޔޫނުސް ތަރުޖަމާ, ޔޫނުސް mp3, ޔޫނުސް pdf. އާޔަތް 35–39. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers