ޔޫނުސް · 40/109
ތަރުޖަމާ ކިޔެވުން — ސޫރަތު ޔޫނުސް
وَمِنْهُم مَّن يُؤْمِنُ بِهِ وَمِنْهُم مَّن لَّا يُؤْمِنُ بِهِ ۚ وَرَبُّكَ أَعْلَمُ بِالْمُفْسِدِينَ ۝٤٠
Wa minhum mai yu `minu bihee wa minhum mal laa yu`minu bih; wa Rabbuka a`lamu bilmufsideen
📖 ދިވެހި މާނަ
އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، فساد ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 38-42 — ސޫރަތު ޔޫނުސް

38أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ
އަދި ކިއެއްތަ! (އެ قرآن (އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ)
39بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ
އަދި ކިއެއްތަ! އެ قرآن ގައިވާ އެއްޗެއް އެއުރެންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެއުރެންނާ ހަމަޔަށް ނާންނަނީސް، އެއުރެން އެ قرآن ދޮގުކުރޫއެވެ. ހަމަ އެފަދައިން އެއުރެންގެ ކުރީގެ މީހުންވެސް (އެއުރެންގެ رسول ން) ދޮގުކުރޫއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ
40وَمِنْهُم مَّن يُؤْمِنُ بِهِ وَمِنْهُم مَّن لَّا يُؤْمِنُ بِهِ ۚ وَرَبُّكَ أَعْلَمُ بِالْمُفْسِدِينَ
އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ވާ ބަޔަކުވެއެވެ. އަދި އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، فساد ކުރާމީހުން އެންމެމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
41وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيئُونَ مِمَّا أَعْمَلُ وَأَنَا بَرِيءٌ مِّمَّا تَعْمَلُونَ
އަދި އެއުރެން ކަލޭގެފާނު ދޮގުކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނު ކުރެއްވި عمل އެކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުން ކުޅަ عمل އެކެވެ. ތިމަންކަލޭގެފާނު ކުރައްވާ عمل ތަކުން، ތިޔަބައިމީހުންވަނީ، ބަރީއަވެގެންނެވެ. އަދި ތިޔަބައިމީހުން ކުރާ عمل ތަކުން، ތިމަންކަލޭގެފާނު ވަނީ ބަރީއަވެގެންނެވެ
42وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ الصُّمَّ وَلَوْ كَانُوا لَا يَعْقِلُونَ
އަދި އެއުރެންގެ ތެރޭގައި، ކަލޭގެފާނަށް ކަނުލައިއަހާ މީހުންވެއެވެ. ފަހެ، ބީރުބަޔަކަށް، އެއުރެންނަށް ނުވިސްނޭކަމުގައިވިޔަސް، ކަލޭގެފާނު އިއްވަވަނީތޯއެވެ؟
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
40އާޔަތް

ތަރުޖަމާ — ޔޫނުސް 40

ސޫރަތު ޔޫނުސް އާޔަތް 40 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ތެރޭގައި އެ قرآن އަށް إيمان ވާ ބަޔަކުވެއެވެ. އަދި އެއުރެންގެ…

ސޫރަތު އާޔަތް 40/109 — ސޫރަތު ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޔޫނުސް އަޑު އަހާ, ސޫރަތު ޔޫނުސް ތަރުޖަމާ, ސޫރަތު ޔޫނުސް mp3, ސޫރަތު ޔޫނުސް pdf. އާޔަތް 38–42. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers