އަލް-ބަޤަރާ · 130/286
ތަރުޖަމާ ކިޔެވުން — އަލް-ބަޤަރާ
وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ۝١٣٠
Wa manny yarghabu `am-Millarti Ibraaheema illaa man safiha nafsah; wa laqadis tafainaahu fid-dunyaa wa innaho fil aakhirati laminas saaliheen
📖 ދިވެހި މާނަ
އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް ނުރުހުންވެ، އެ دين ން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި خيار ކުރެއްވީމެވެ. އަދި އެކަލޭގެފާނީ، آخرة ދުވަހުން صالح ންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ
🎧 އަޑު އަހާ

📜 އާޔަތް 128-132 — އަލް-ބަޤަރާ

128رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެއެވެ
129رَبَّنَا وَابْعَثْ فِيهِمْ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِكَ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَيُزَكِّيهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އެ أمّة ގެ މީހުންނަށް އިބަރަސްކަލާނގެ آية ތައް ކިޔަވައިދެއްވާ، حكمة އާއި ފޮތް އުނގަންނައިދެއްވާ އަދި (އެންމެހާ ނުބައިގޮތްތަކުން) އެ أمّة طاهر ކުރައްވާނޭ رسول އަކު، އެ أمّة ގެ ތެރެއިން، އެ أمّة ގެ ތެރެޔަށް ފޮނުއްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
130وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ
އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް ނުރުހުންވެ، އެ دين ން ދުރުވެގަންނާނީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ދުނިޔޭގައިވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނު ހޮއްވަވައި خيار ކުރެއްވީމެވެ. އަދި އެކަލޭގެފާނީ، آخرة ދުވަހުން صالح ންގެ ތެރެއިންވާ ބޭކަލަކުކަން ކަށަވަރެވެ
131إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ
އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް، [ކަލޭގެފާނު ކިޔަމަންވެ ވަޑައިގަންނަވާށޭ] وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނު ދެންނެވިއެވެ. عالم ތަކުގެ ވެރިރަސްކަލާނގެއަށް ތިމަންއަޅާ ކިޔަމަންވެއްޖައީމެވެ
132وَوَصَّىٰ بِهَا إِبْرَاهِيمُ بَنِيهِ وَيَعْقُوبُ يَا بَنِيَّ إِنَّ اللَّهَ اصْطَفَىٰ لَكُمُ الدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ
އެކަމަށް إبراهيم ގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصية ކުރެއްވިއެވެ. އަދި يعقوب ގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، اللَّه ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيار ކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ
އަލް-ބަޤަރާޤުރުއާން ފިހުރިސްތު
286އާޔަތް
MedinanRevelation
130އާޔަތް

ތަރުޖަމާ — އަލް-ބަޤަރާ 130

ސޫރަތު އަލް-ބަޤަރާ އާޔަތް 130 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެމީހެއްގެ نفس އިހާނެތި ކޮށްލައިފި މީހަކު މެނުވީ، إبراهيم ގެފާނުގެ دين އަށް…

ސޫރަތު އާޔަތް 130/286 — އަލް-ބަޤަރާ البقرة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ބަޤަރާ އަޑު އަހާ, އަލް-ބަޤަރާ ތަރުޖަމާ, އަލް-ބަޤަރާ mp3, އަލް-ބަޤަރާ pdf. އާޔަތް 128–132. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers