އަލް-އަންބިޔާއް · 82/112
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންބިޔާއް
وَمِنَ الشَّيَاطِينِ مَن يَغُوصُونَ لَهُ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَافِظِينَ ۝٨٢
Wa minash Shayaateeni mai yaghoosoona lahoo wa ya`maloona `amalan doona zaalika wa kunna lahum baafizeen
📖 ދިވެހި މާނަ
އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ

🎧 އަޑު އަހާ


📜 އާޔަތް 80-84 — ސޫރަތު އަލް-އަންބިޔާއް

80وَعَلَّمْنَاهُ صَنْعَةَ لَبُوسٍ لَّكُمْ لِتُحْصِنَكُم مِّن بَأْسِكُمْ ۖ فَهَلْ أَنتُمْ شَاكِرُونَ
އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟
81وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ
އަދި ތިމަންރަސްކަލާނގެ، سليمان ގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) خدمة ތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركات ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ
82وَمِنَ الشَّيَاطِينِ مَن يَغُوصُونَ لَهُ وَيَعْمَلُونَ عَمَلًا دُونَ ذَٰلِكَ ۖ وَكُنَّا لَهُمْ حَافِظِينَ
އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ
83۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ
އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ
84فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ
އަލް-އަންބިޔާއްޤުރުއާން ފިހުރިސްތު
112އާޔަތް
MeccanRevelation
82އާޔަތް

ތަރުޖަމާ — އަލް-އަންބިޔާއް 82

ސޫރަތު އަލް-އަންބިޔާއް އާޔަތް 82 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި…

ސޫރަތު އާޔަތް 82/112 — ސޫރަތު އަލް-އަންބިޔާއް الأنبياء (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންބިޔާއް އަޑު އަހާ, ސޫރަތު އަލް-އަންބިޔާއް ތަރުޖަމާ, ސޫރަތު އަލް-އަންބިޔާއް mp3, ސޫރަތު އަލް-އަންބިޔާއް pdf. އާޔަތް 80–84. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers