އަލް-މުއުމިނޫން · 25/118
ތަރުޖަމާ ކިޔެވުން — އަލް-މުއުމިނޫން
إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّىٰ حِينٍ ۝٢٥
In huwa illaa rajulum bihee jinnatun fatarabbasoo bihee hattan heen
📖 ދިވެހި މާނަ
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظار ކުރާށެވެ
🎧 އަޑު އަހާ

📜 އާޔަތް 23-27 — އަލް-މުއުމިނޫން

23وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ أَفَلَا تَتَّقُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
24فَقَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ مَا هَٰذَا إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَاءَ اللَّهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ
ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصد ކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّه އިރާދަކުރެއްވިނަމަ (رسول ން ކަމުގައި) ملائكة ން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ
25إِنْ هُوَ إِلَّا رَجُلٌ بِهِ جِنَّةٌ فَتَرَبَّصُوا بِهِ حَتَّىٰ حِينٍ
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظار ކުރާށެވެ
26قَالَ رَبِّ انصُرْنِي بِمَا كَذَّبُونِ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ
27فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ ۙ فَاسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ ۖ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا ۖ إِنَّهُم مُّغْرَقُونَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمر ފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهل ވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرق ކުރައްވާނޭ މީހުންނެވެ
އަލް-މުއުމިނޫންޤުރުއާން ފިހުރިސްތު
118އާޔަތް
MeccanRevelation
25އާޔަތް

ތަރުޖަމާ — އަލް-މުއުމިނޫން 25

ސޫރަތު އަލް-މުއުމިނޫން އާޔަތް 25 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު…

ސޫރަތު އާޔަތް 25/118 — އަލް-މުއުމިނޫން المؤمنون (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-މުއުމިނޫން އަޑު އަހާ, އަލް-މުއުމިނޫން ތަރުޖަމާ, އަލް-މުއުމިނޫން mp3, އަލް-މުއުމިނޫން pdf. އާޔަތް 23–27. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers