އަލް-ފުރުޤާން · 21/77
ތަރުޖަމާ ކިޔެވުން — އަލް-ފުރުޤާން
۞ وَقَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا لَوْلَا أُنزِلَ عَلَيْنَا الْمَلَائِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ اسْتَكْبَرُوا فِي أَنفُسِهِمْ وَعَتَوْا عُتُوًّا كَبِيرًا ۝٢١
Wa qaalal lazeena laa yarjoona liqaaa`anaa law laaa unzila `alainal malaaa`ikatu awnaraa Rabbanaa; laqadistakbaroo feee anfusihim wa `ataw `utuwwan kabeeraa
📖 ދިވެހި މާނަ
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 19-23 — އަލް-ފުރުޤާން

19فَقَدْ كَذَّبُوكُم بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفًا وَلَا نَصْرًا ۚ وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَابًا كَبِيرًا
ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެއުރެންނަކީ، ތިޔަބައިމީހުންގެ إله ން ކަމަށް ބުނެއުޅުނު ބަސްތަކުން) އެއުރެން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރޫއެވެ. ފަހެ، عذاب ދުރުކުރުމަކަށް، ނުވަތަ نصر ލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ عذاب ގެރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާހުށީމެވެ
20وَمَا أَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِينَ إِلَّا إِنَّهُمْ لَيَأْكُلُونَ الطَّعَامَ وَيَمْشُونَ فِي الْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا
ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ
21۞ وَقَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا لَوْلَا أُنزِلَ عَلَيْنَا الْمَلَائِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ اسْتَكْبَرُوا فِي أَنفُسِهِمْ وَعَتَوْا عُتُوًّا كَبِيرًا
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ
22يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ)
23وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
21އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 21

ސޫރަތު އަލް-ފުރުޤާން އާޔަތް 21 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ…

ސޫރަތު އާޔަތް 21/77 — އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ފުރުޤާން އަޑު އަހާ, އަލް-ފުރުޤާން ތަރުޖަމާ, އަލް-ފުރުޤާން mp3, އަލް-ފުރުޤާން pdf. އާޔަތް 19–23. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers