އަލް-ފުރުޤާން · 22/77
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ފުރުޤާން
يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا ۝٢٢
Yawma yarawnal malaaa `ikata laa bushraa Yawma`izil lilmujrimeena wa yaqooloona hijram mahjooraa
📖 ދިވެހި މާނަ
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ)

🎧 އަޑު އަހާ


📜 އާޔަތް 20-24 — ސޫރަތު އަލް-ފުރުޤާން

20وَمَا أَرْسَلْنَا قَبْلَكَ مِنَ الْمُرْسَلِينَ إِلَّا إِنَّهُمْ لَيَأْكُلُونَ الطَّعَامَ وَيَمْشُونَ فِي الْأَسْوَاقِ ۗ وَجَعَلْنَا بَعْضَكُمْ لِبَعْضٍ فِتْنَةً أَتَصْبِرُونَ ۗ وَكَانَ رَبُّكَ بَصِيرًا
ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ
21۞ وَقَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا لَوْلَا أُنزِلَ عَلَيْنَا الْمَلَائِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ اسْتَكْبَرُوا فِي أَنفُسِهِمْ وَعَتَوْا عُتُوًّا كَبِيرًا
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ
22يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ)
23وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا
އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ
24أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ
އަލް-ފުރުޤާންޤުރުއާން ފިހުރިސްތު
77އާޔަތް
MeccanRevelation
22އާޔަތް

ތަރުޖަމާ — އަލް-ފުރުޤާން 22

ސޫރަތު އަލް-ފުރުޤާން އާޔަތް 22 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް…

ސޫރަތު އާޔަތް 22/77 — ސޫރަތު އަލް-ފުރުޤާން الفرقان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ފުރުޤާން އަޑު އަހާ, ސޫރަތު އަލް-ފުރުޤާން ތަރުޖަމާ, ސޫރަތު އަލް-ފުރުޤާން mp3, ސޫރަތު އަލް-ފުރުޤާން pdf. އާޔަތް 20–24. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers