އަރް-ރޫމް · 55/60
ތަރުޖަމާ ކިޔެވުން — ސޫރަތު އަރް-ރޫމް
وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ ۝٥٥
Wa Yawma taqoomus Saa`atu yuqsimul mujrimoona maa labisoo ghaira saa`ah; kazaalika kaanoo yu`fakoon
📖 ދިވެހި މާނަ
قيامة ގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެއުރެން حق ން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ

🎧 އަޑު އަހާ


📜 އާޔަތް 53-57 — ސޫރަތު އަރް-ރޫމް

53وَمَا أَنتَ بِهَادِ الْعُمْيِ عَن ضَلَالَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِآيَاتِنَا فَهُم مُّسْلِمُونَ
އަދި ކަނުމީހުންނަށް (އެބަހީ: މަގުފުރެދުމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާ ކުރައްވައި، (ތެދުމަގު ދައްކަވާ) هادى އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާ ބަޔަކަށް މެނުވީ، ކަލޭގެފާނަކަށް ނީއްވެވޭނެތެވެ. ފަހެ، އެއުރެންނީ، اللَّه އަށް ކިޔަމަންވާ މީހުންނެވެ
54۞ اللَّهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ
ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ
55وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ ۚ كَذَٰلِكَ كَانُوا يُؤْفَكُونَ
قيامة ގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި) އެއުރެން حق ން އެއްކިބާވާ ކަމުގައިވީ އެފަދައިންނެވެ
56وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالْإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَىٰ يَوْمِ الْبَعْثِ ۖ فَهَٰذَا يَوْمُ الْبَعْثِ وَلَٰكِنَّكُمْ كُنتُمْ لَا تَعْلَمُونَ
އަދި އެބަޔަކަށް علم އާއި، إيمان ކަން ލިބިގެންވާ މީހުން ބުނާނެތެވެ. އަލުން ދިރުއްވާނޭ ދުވަހާ ޖެހެންދެން اللَّه ކަނޑައަޅުއްވާފައިވާގޮތަށް ހަމަކަށަވަރުން، ތިޔަބައިމީހުން ތިބެއްޖައީމުއެވެ. ފަހެ، މިއީ އަލުން ދިރުއްވައި ފޮނުއްވާ ދުވަހެވެ. އެެހެނެއްކަމަކު ތިޔަބައިމީހުންވީ (އެކަން) ނުދަންނަ ކަމުގައެވެ
57فَيَوْمَئِذٍ لَّا يَنفَعُ الَّذِينَ ظَلَمُوا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ
ފަހެ، އެދުވަހުން އަނިޔާވެރިންނަކަށް އެއުރެން ދައްކާ عذر އަކުން މަންފާއެއް ނުކުރާނެތެވެ. އަދި ހެޔޮމަގަށް އެނބުރި ދިއުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ
އަރް-ރޫމްޤުރުއާން ފިހުރިސްތު
60އާޔަތް
MeccanRevelation
55އާޔަތް

ތަރުޖަމާ — އަރް-ރޫމް 55

ސޫރަތު އަރް-ރޫމް އާޔަތް 55 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : قيامة ގެ ވަގުތުޖެހޭދުވަހު ކުށްވެރިން ހިނދުކޮޅަކަށް މެނުވީ އެއުރެން ނުތިބޭކަމަށް ހުވާކުރާނެތެވެ. (ދުނިޔެމަތީގައި)…

ސޫރަތު އާޔަތް 55/60 — ސޫރަތު އަރް-ރޫމް الروم (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަރް-ރޫމް އަޑު އަހާ, ސޫރަތު އަރް-ރޫމް ތަރުޖަމާ, ސޫރަތު އަރް-ރޫމް mp3, ސޫރަތު އަރް-ރޫމް pdf. އާޔަތް 53–57. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers