ލުޤްމާން · 23/34
ތަރުޖަމާ ކިޔެވުން — ލުޤްމާން
وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوا ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ ۝٢٣
Wa man kafara falaa yahzunka kufruh; ilainaa marji`uhum fanunabbi`uhum bimaa `amiloo; innal laaha `aleemum bizaatis sudoor
📖 ދިވެހި މާނަ
އަދި كافر ވިމީހާ، އޭނާގެ كافر ކަމުން ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! އެއުރެން އެނބުރި رجوع ވާހުށީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން އެއުރެން ކުރި عمل ތަކުގެ خبر ތިމަންރަސްކަލާނގެ އެއުރެންނަށް އަންގަވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 21-25 — ލުޤްމާން

21وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ إِلَىٰ عَذَابِ السَّعِيرِ
އަދި اللَّه ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން تبع ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން تبع ވާހުށީ، ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، ނަރަކައިގެ عذاب އަށް شيطان އާ އެއުރެންނަށް ގޮވާކަމުގައިވިޔަސް ހެއްޔެވެ؟
22۞ وَمَن يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ ۗ وَإِلَى اللَّهِ عَاقِبَةُ الْأُمُورِ
إحسان ތެރިވެ ހުންނަ حال، اللَّه އަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އަދި ކަންކަމުގެ ނިމުންވަނީ اللَّه ގެ حضرة އަށެވެ
23وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوا ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ
އަދި كافر ވިމީހާ، އޭނާގެ كافر ކަމުން ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! އެއުރެން އެނބުރި رجوع ވާހުށީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން އެއުރެން ކުރި عمل ތަކުގެ خبر ތިމަންރަސްކަލާނގެ އެއުރެންނަށް އަންގަވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
24نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ
ކުޑަހިނދުކޮޅަކަށް އެއުރެންނަށް ތިމަންރަސްކަލާނގެ (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ގަދަފަދަވެގެންވާ عذاب އަކަށް އެއުރެން ހުށަހަޅުއްވާ ހުށީމެވެ
25وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ
އަދި ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ ކަލޭގެފާނު އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އެއުރެން ކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
ލުޤްމާންޤުރުއާން ފިހުރިސްތު
34އާޔަތް
MeccanRevelation
23އާޔަތް

ތަރުޖަމާ — ލުޤްމާން 23

ސޫރަތު ލުޤްމާން އާޔަތް 23 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި كافر ވިމީހާ، އޭނާގެ كافر ކަމުން ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! އެއުރެން…

ސޫރަތު އާޔަތް 23/34 — ލުޤްމާން لقمان (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ލުޤްމާން އަޑު އަހާ, ލުޤްމާން ތަރުޖަމާ, ލުޤްމާން mp3, ލުޤްމާން pdf. އާޔަތް 21–25. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers