ސަބައް · 26/54
ތަރުޖަމާ ކިޔެވުން — ސަބައް
قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّ وَهُوَ الْفَتَّاحُ الْعَلِيمُ ۝٢٦
Qul yajma`u bainanaa Rabbunaa summa yaftahu bainanaa bilhaqq; wa Huwal Fattaahul `Aleem
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 24-28 — ސަބައް

24۞ قُلْ مَن يَرْزُقُكُم مِّنَ السَّمَاوَاتِ وَالْأَرْضِ ۖ قُلِ اللَّهُ ۖ وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުން ތިޔަބައިމީހުންނަށް رزق ދެއްވަނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! (رزق ދެއްވަނީ) اللَّه އެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ
25قُل لَّا تُسْأَلُونَ عَمَّا أَجْرَمْنَا وَلَا نُسْأَلُ عَمَّا تَعْمَلُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން ކުޅަ ފާފަޔާމެދު ތިޔަބައިމީހުންނާ سؤال އެއްް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ (ނުބައި) عمل ތަކާމެދުވެސް، ތިމަންމެންނަކާ سؤال އެއް ނުކުރައްވާނެތެވެ
26قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِالْحَقِّ وَهُوَ الْفَتَّاحُ الْعَلِيمُ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ. ދެން ތިމަންމެންގެ މެދުގައި އެކަލާނގެ حق އަށް ނިޔާކުރައްވައި، حكم ކުރައްވާނެތެވެ. އަދި އެކަލާނގެއީ، މޮޅަށް حكم ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
27قُلْ أَرُونِيَ الَّذِينَ أَلْحَقْتُم بِهِ شُرَكَاءَ ۖ كَلَّا ۚ بَلْ هُوَ اللَّهُ الْعَزِيزُ الْحَكِيمُ
ކަލޭގެފާނު ވިދާޅުވާށެވެ! ބައިވެރިން ކަމުގައި އެކަލާނގެއަށް ތިޔަބައިމީހުން ނިސްބަތްކުރި ފަރާތްތައް ތިމަންނާއަށް ތިޔަބައިމީހުން ދައްކައިބަލާށެވެ! ހަމަހިލާ އެހެންނަކުން ނޫނެވެ! އަދި ކިއެއްތަ! އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ اللَّه އެވެ
28وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ
ސަބައްޤުރުއާން ފިހުރިސްތު
54އާޔަތް
MeccanRevelation
26އާޔަތް

ތަރުޖަމާ — ސަބައް 26

ސޫރަތު ސަބައް އާޔަތް 26 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ވެރިރަސްކަލާނގެ (قيامة ދުވަހުން) ތިމަންމެން އެންމެން އެއްތަނަކަށް އެއްކުރައްވާނެތެވެ.…

ސޫރަތު އާޔަތް 26/54 — ސަބައް سبأ (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސަބައް އަޑު އަހާ, ސަބައް ތަރުޖަމާ, ސަބައް mp3, ސަބައް pdf. އާޔަތް 24–28. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers