ޣާފިރު · 76/85
ތަރުޖަމާ ކިޔެވުން — ޣާފިރު
ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ۝٧٦
Udkhulooo abwaaba Jahannama khaalideena feehaa fabi`sa maswal mutakabbireen
📖 ދިވެހި މާނަ
ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ
🎧 އަޑު އަހާ

📜 އާޔަތް 74-78 — ޣާފިރު

74مِن دُونِ اللَّهِ ۖ قَالُوا ضَلُّوا عَنَّا بَل لَّمْ نَكُن نَّدْعُو مِن قَبْلُ شَيْئًا ۚ كَذَٰلِكَ يُضِلُّ اللَّهُ الْكَافِرِينَ
ދެން އެއުރެންނަށް އަންގަވާނެތެވެ. اللَّه ފިޔަވައި ތިޔަބައިމީހުން شريك ކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. اللَّه، كافر ވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ
75ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَمْرَحُونَ
އެއީ حق އަކާ ނުލައި ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ
76ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ
ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ
77فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ
ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއްކަންތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވިޔަސް ނުވަތަ (އޭގެކުރިން) ތިމަންރަސްކަލާނގެ ކަލޭގެފާނު މަރުގެންނެވިޔަސް، ފަހެ، އެއުރެން رجوع ވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ
78وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۚ فَإِذَا جَاءَ أَمْرُ اللَّهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُونَ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އެ رسول ންގެ ވާހަކަ ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ން، އޭގެތެރެއިންވެއެވެ. އަދި އެ رسول ންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ رسول ންވެސް އޭގެތެރެއިންވެއެވެ. އަދި އެއްވެސް رسول އަކަށް اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް معجزة އެއް ގެންނެވުމެއް ނުވެއެވެ. ފަހެ، اللَّه ގެ އަމުރުފުޅު އަންނަހިނދު، حق އަށް ނިޔާކުރައްވާހުށްޓެވެ. އަދި އެތާނގައި باطل ގެ أهل ވެރިން ގެއްލި ހަލާކުވެދާހުށްޓެވެ
ޣާފިރުޤުރުއާން ފިހުރިސްތު
85އާޔަތް
MeccanRevelation
76އާޔަތް

ތަރުޖަމާ — ޣާފިރު 76

ސޫރަތު ޣާފިރު އާޔަތް 76 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން…

ސޫރަތު އާޔަތް 76/85 — ޣާފިރު غافر (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ޣާފިރު އަޑު އަހާ, ޣާފިރު ތަރުޖަމާ, ޣާފިރު mp3, ޣާފިރު pdf. އާޔަތް 74–78. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers