އައް-ޝޫރާ · 47/53
ތަރުޖަމާ ކިޔެވުން — ސޫރަތު އައް-ޝޫރާ
اسْتَجِيبُوا لِرَبِّكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ ۝٤٧
Istajeeboo li Rabbikum min qabli any yaatiya Yawmul laa maradda lahoo minal laah; maa lakum mim malja iny yawma`izinw wa maa lakum min nakeer
📖 ދިވެހި މާނަ
اللَّه ގެ حضرة ން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامة ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެތެވެ. އަދި (ތިޔަބައިމީހުންގެ عذاب އަށް) إنكار ކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެތެވެ

🎧 އަޑު އަހާ


📜 އާޔަތް 45-49 — ސޫރަތު އައް-ޝޫރާ

45وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ
އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ حال، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި إيمان ވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވިމީހުންނީ، قيامة ދުވަހުގައި، އެއުރެންގެ އަމިއްލަ نفس ތަކާއި، أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި عذاب އެއްގައެވެ
46وَمَا كَانَ لَهُم مِّنْ أَوْلِيَاءَ يَنصُرُونَهُم مِّن دُونِ اللَّهِ ۗ وَمَن يُضْلِلِ اللَّهُ فَمَا لَهُ مِن سَبِيلٍ
އަދި اللَّه ފިޔަވައި، އެއުރެންނަށް نصر ދޭނޭ އެއްވެސް އެހީތެރިޔަކު، އެއުރެންނަކަށް ނުވާހުށްޓެވެ. އަދި اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް (ސަލާމަތްވާނޭ) އެއްވެސްމަގެއް ނުވެތެވެ
47اسْتَجِيبُوا لِرَبِّكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا مَرَدَّ لَهُ مِنَ اللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ
اللَّه ގެ حضرة ން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامة ދުވަސް) އައުމުގެކުރިން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އިޖާބަދޭށެވެ! އެދުވަހުން ތިޔަބައިމީހުން ސަލާމަތްވާންދާނެ އެއްވެސްތަނެއް، ތިޔަބައިމީހުންނަކަށް ނުވެތެވެ. އަދި (ތިޔަބައިމީހުންގެ عذاب އަށް) إنكار ކުރާނޭ މީހަކުވެސް ތިޔަބައިމީހުންނަކަށް ނުވެތެވެ
48فَإِنْ أَعْرَضُوا فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا الْبَلَاغُ ۗ وَإِنَّا إِذَا أَذَقْنَا الْإِنسَانَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ الْإِنسَانَ كَفُورٌ
ފަހެ، އެއުރެން ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަށް ބެލެހެއްޓުންތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެތެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ رحمة އެއްގެ ރަހަ ތިމަންރަސްކަލާނގެ އިންސާނާއަށް ދައްކަވައިފިނަމަ، އެކަމަށް އޭނާ އުފާކުރެތެވެ. އަދި އެއުރެންގެ އަތްތަކުން އިސްކުރި ފާފަތަކުގެ ސަބަބުން އެއުރެންނަށް ނުބައިކަމެއް ޖެހިއްޖެނަމަ ފަހެ، ހަމަކަށަވަރުން، އިންސާނާާއީ (نعمة ތަކަށް) ދެކޮޅުހަދާ، كافر ވާމީހެކެވެ
49لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ
އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ
އައް-ޝޫރާޤުރުއާން ފިހުރިސްތު
53އާޔަތް
MeccanRevelation
47އާޔަތް

ތަރުޖަމާ — އައް-ޝޫރާ 47

ސޫރަތު އައް-ޝޫރާ އާޔަތް 47 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ حضرة ން ރައްދުނުކުރެވޭނެ ދުވަހެއް (އެބަހީ: قيامة ދުވަސް) އައުމުގެކުރިން،…

ސޫރަތު އާޔަތް 47/53 — ސޫރަތު އައް-ޝޫރާ الشورى (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އައް-ޝޫރާ އަޑު އަހާ, ސޫރަތު އައް-ޝޫރާ ތަރުޖަމާ, ސޫރަތު އައް-ޝޫރާ mp3, ސޫރަތު އައް-ޝޫރާ pdf. އާޔަތް 45–49. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers