އަލް-އަންޢާމް · 132/165
ތަރުޖަމާ ކިޔެވުން — އަލް-އަންޢާމް
وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ ۝١٣٢
Wa likullin darajaatum mimmaa `amiloo; wa maa Rabbuka bighaafilin `ammaa ya`maloon
📖 ދިވެހި މާނަ
އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ عمل ތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ عمل ތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ غافل ވެ ވޮޑިގެނެއްނުވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 130-134 — އަލް-އަންޢާމް

130يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَٰذَا ۚ قَالُوا شَهِدْنَا عَلَىٰ أَنفُسِنَا ۖ وَغَرَّتْهُمُ الْحَيَاةُ الدُّنْيَا وَشَهِدُوا عَلَىٰ أَنفُسِهِمْ أَنَّهُمْ كَانُوا كَافِرِينَ
އޭ ޖިންނީންނާއި އިންސީންގެ جماعة ގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންރަސްކަލާނގެ آية ތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ إنذار ކުރައްވާނެ رسول ންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ نفس ތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ. ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރި ކުރުވީއެވެ. އަދި އެއުރެން كافر ން ކަމުގައި ވީކަމަށް އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެން ހެކިދީފިއެވެ
131ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا غَافِلُونَ
ކަންހުރީ އެހެންނެވެ. ރަށްތަކުގެ أهل ވެރިން غافل ވެފައި ތިއްބައި، އަނިޔާވެރިކަމުގެގޮތުން އެރަށްރަށް ހަލާކުކުރައްވާ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ނުވެއެވެ
132وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا ۚ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ
އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ عمل ތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ عمل ތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ غافل ވެ ވޮޑިގެނެއްނުވެއެވެ
133وَرَبُّكَ الْغَنِيُّ ذُو الرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِن بَعْدِكُم مَّا يَشَاءُ كَمَا أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ آخَرِينَ
ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، رحمة ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައި، ތިޔަބައިމީހުންގެ ފަހަށް، އެކަލާނގެ އިރާދަކުރައްވާ ބަޔަކު ފޮނުއްވައިފާހުށްޓެވެ. އެއީ ތިޔަބައިމީހުން، އެހެން قوم އެއްގެ ދަރިކޮޅުން އުފެއްދެވި ފަދައިންނެވެ
134إِنَّ مَا تُوعَدُونَ لَآتٍ ۖ وَمَا أَنتُم بِمُعْجِزِينَ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކަކީ، އަންނާނެކަން ކަށަވަރު ކަންތަކެވެ. އަދި ތިޔަބައިމީހުންނަކީ، (ތިމަންރަސްކަލާނގެ) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެއެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
132އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 132

ސޫރަތު އަލް-އަންޢާމް އާޔަތް 132 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ عمل ތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ.…

ސޫރަތު އާޔަތް 132/165 — އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންޢާމް އަޑު އަހާ, އަލް-އަންޢާމް ތަރުޖަމާ, އަލް-އަންޢާމް mp3, އަލް-އަންޢާމް pdf. އާޔަތް 130–134. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers