އަލް-އަންޢާމް · 162/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ۝١٦٢
Qul inna Salaatee wa nusukee wa mahyaaya wa mamaatee lillaahi Rabbil `aalameen
📖 ދިވެހި މާނަ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ

🎧 އަޑު އަހާ


📜 އާޔަތް 160-164 — ސޫރަތު އަލް-އަންޢާމް

160مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ
ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
161قُلْ إِنَّنِي هَدَانِي رَبِّي إِلَىٰ صِرَاطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَاهِيمَ حَنِيفًا ۚ وَمَا كَانَ مِنَ الْمُشْرِكِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، ސީދާވެގެންވާ ތެދުމަގަށް ތިމަންކަލޭގެފާނަށް މަގު ދެއްކެވިއެވެ. އެއީ ސީދާވެގެންވާ ދީނެވެ. އެއީ باطل ގެ މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ ދީނެވެ. އަދި مشرك ންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ
162قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ
163لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّة ގެ) مسلم ންކުރެ، އެންމެ ފުރަތަމަ މީހާއެވެ
164قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ حال، ކަލަކު ކަމުގައި، اللَّه ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ކޮންމެ نفس އެއްމެ، އެ نفس އެއް ހޯދައިގަތް ކަމެއް މެނުވީ، އެ نفس އެއްގެ މައްޗަކަށް ނުވެއެވެ. އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ވުންހުރީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. އޭރުން، ތިޔަބައިމީހުން، އެކަންކަމާމެދު خلاف ވެ އުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް، އެކަލާނގެ އަންގަވާނެތެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
162އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 162

ސޫރަތު އަލް-އަންޢާމް އާޔަތް 162 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި،…

ސޫރަތު އާޔަތް 162/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 160–164. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers