އަލް-އަންޢާމް · 83/165
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންޢާމް
وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ۝٨٣
Wa tilka hujjatunaaa aatainaahaaa Ibraaheema `alaa qawmih; narfa`u darajaatim man nashaaa`; inna Rabbaka Hakeemun `Aleem
📖 ދިވެހި މާނަ
އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة ތައް، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قوم ގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 81-85 — ސޫރަތު އަލް-އަންޢާމް

81وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِاللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا ۚ فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ
އަދި ތިޔަބައިމީހުން (اللَّه އަށް) شريك ކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް حجّة އެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން اللَّه އަށް شريك ކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުންކުރެ (عذاب ން ސަލާމަތްވެ) އަމާންކަން ލިބުން حق ކަންބޮޑީ، ކޮންބަޔެއްހެއްޔެވެެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ)
82الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ
އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ
83وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة ތައް، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قوم ގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
84وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ
ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެެ. އަދި އޭގެކުރިން نوح ގެފާނަށް ތެދުމަގު ދެއްކެވީމެވެެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داود ގެފާނާއި، سليمان ގެފާނާއި، أيّوب ގެފާނާއި، يوسف ގެފާނާއި، موسى ގެފާނާއި، هارون ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ
85وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ
އަދި زكريّا ގެފާނާއި، يحيى ގެފާނާއި، عيسى ގެފާނާއި، إلياس ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، صالح ންގެ ތެރެއިންނެވެ
އަލް-އަންޢާމްޤުރުއާން ފިހުރިސްތު
165އާޔަތް
MeccanRevelation
83އާޔަތް

ތަރުޖަމާ — އަލް-އަންޢާމް 83

ސޫރަތު އަލް-އަންޢާމް އާޔަތް 83 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة…

ސޫރަތު އާޔަތް 83/165 — ސޫރަތު އަލް-އަންޢާމް الأنعام (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންޢާމް އަޑު އަހާ, ސޫރަތު އަލް-އަންޢާމް ތަރުޖަމާ, ސޫރަތު އަލް-އަންޢާމް mp3, ސޫރަތު އަލް-އަންޢާމް pdf. އާޔަތް 81–85. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers