އަލް-އަޢްރާފް · 84/206
ތަރުޖަމާ ކިޔެވުން — އަލް-އަޢްރާފް
وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ ٨٤
Transliteration
Wa `amtarnaa `alaihim mataran fanzur kaifa kaana aaqibatul mujjrimeen
ތަރުޖަމާ (ދިވެހި މާނަ)
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
Additional reference in සිංහල
🎧 އަޑު އަހާ
📜 އާޔަތް 82-86 — އަލް-އަޢްރާފް
82وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: لوط ގެފާނާއި، އެކަލޭގެފާނަށް إيمان ވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، طاهر ވެގަންނަ ބަޔެކެވެ
83فَأَنجَيْنَاهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
ފަހެ، އެކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި، އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އެކަނބުލޭގެވީ، ހަލާކުވެދިޔަ މީހުންގެ ތެރެއިންނެވެ
84وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الْمُجْرِمِينَ
އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ ކިހިނަކުންކަން، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ
85وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ
އަދި مدين ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
86وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ
އަދި ބިރުދައްކައި، ފޭރުމަށާއި، اللَّه އަށް إيمان ވި މީހުން އެކަލާނގެ މަގުން އެއްކިބާކުރުމަށާއި، އެމަގު ގުދުމަގަކަށް ހެދުމަށް އެދި، އެއްވެސް މަގެއްގައި ތިޔަބައިމީހުން ނުތިބޭށެވެ! އަދި ތިޔަބައިމީހުން، މަދުބަޔަކު ކަމުގައި ތިއްބައި އެކަލާނގެ، ތިޔަބައިމީހުން ގިނަކުރެއްވިކަން ހަނދުމަކުރާށެވެ! އަދި فساد ކުރާ މީހުންގެ ނިމުންހުރީ ކިހިނަކުންކަން، ތިޔަބައިމީހުން ދެކޭށެވެ
އަލް-އަޢްރާފްޤުރުއާން ފިހުރިސްތު
206އާޔަތް
MeccanRevelation
84އާޔަތް
ތަރުޖަމާ — އަލް-އަޢްރާފް 84
ސޫރަތު އަލް-އަޢްރާފް އާޔަތް 84 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރެެއެއް ވެއްސެވީމެވެ. ފަހެ، ކުށްވެރިންގެ ނިމުންހުރީ…ސޫރަތު އާޔަތް 84/206 — އަލް-އަޢްރާފް الأعراف (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަޢްރާފް އަޑު އަހާ, އަލް-އަޢްރާފް ތަރުޖަމާ, އަލް-އަޢްރާފް mp3, އަލް-އަޢްރާފް pdf. އާޔަތް 82–86. ދިވެހި މާނަ: සිංහල.
العربية
English
Bahasa Indonesia
Türkçe
Русский
فارسی
Français
اردو
বাংলা
Deutsch
Español
中文
हिन्दी
Português
Italiano
ภาษาไทย
Polski
Nederlands
Shqip
Kiswahili
O'zbek
தமிழ்
Melayu
Bosanski
Soomaali
Azərbaycan
کوردی
한국어
日本語
Svenska
Dansk
Norsk
پښتو
മലയാളം
සිංහල
Tamazight
Hausa
አማርኛ
Български
Тоҷикӣ
Қазақша
Filipino
سنڌي
Yorùbá
Fulfulde
Татарча
ئۇيغۇرچە
Кыргызча
ਪੰਜਾਬੀ
Jawa
తెలుగు
မြန်မာ
ગુજરાતી
Oromo
मराठी
Tiếng Việt
Malagasy
Нохчийн
Wolof
ދިވެހި
ಕನ್ನಡ
Українська
Ελληνικά
ქართული
ខ្មែរ
دری
Qafar af
Maranao
नेपाली
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers








