އަތް-ތައުބާ · 21/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَجَنَّاتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ ۝٢١
Yubashshiruhum Rabbuhum birahmatim minhu wa ridwaaninw wa Jannaatil lahum feehaa na`eemum muqeem
📖 ދިވެހި މާނަ
އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرة ން އެއުރެންނަށް رحمة އާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް ހުރިކަމުގެ އުފާވެރި خبر، އެއުރެންނަށް ދެއްވަތެވެ. އެތާނގައި، އެއުރެންނަށް އަބަދަށް ދެމިހުންނަނިވި نعمة ތައް ވެއެވެ
🎧 އަޑު އަހާ

📜 އާޔަތް 19-23 — އަތް-ތައުބާ

19۞ أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّهِ ۚ لَا يَسْتَوُونَ عِندَ اللَّهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ
حج ވެރިންނަށް ބޯފެންދީ، حرمة ތެރިވެގެންވާ މިސްކިތް ފަޅުފިލުވައި، ބަލަހައްޓައިއުޅޭ މީހަކާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، اللَّه ގެ މަގުގައި جهاد ކޮށްއުޅޭ މީހަކާ ދެމީހުން، އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ اللَّه ގެ حضرة ގައި އެ ދެބައިމީހުން، ހަމަހަމައެއް ނުވާނެތެވެ. އަނިޔާވެރި ބަޔަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ
20الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ اللَّهِ ۚ وَأُولَٰئِكَ هُمُ الْفَائِزُونَ
إيمان ވެ، هجرة ކޮށް، اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކޮށް އުޅުނު މީހުންނީ، اللَّه ގެ حضرة ގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، نصيب ލިބިގެންވާ މީހުންނެވެ
21يُبَشِّرُهُمْ رَبُّهُم بِرَحْمَةٍ مِّنْهُ وَرِضْوَانٍ وَجَنَّاتٍ لَّهُمْ فِيهَا نَعِيمٌ مُّقِيمٌ
އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرة ން އެއުރެންނަށް رحمة އާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް ހުރިކަމުގެ އުފާވެރި خبر، އެއުރެންނަށް ދެއްވަތެވެ. އެތާނގައި، އެއުރެންނަށް އަބަދަށް ދެމިހުންނަނިވި نعمة ތައް ވެއެވެ
22خَالِدِينَ فِيهَا أَبَدًا ۚ إِنَّ اللَّهَ عِندَهُ أَجْرٌ عَظِيمٌ
އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ދަރުމަހުށްޓެވެ
23يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން إيمان ކަމަށްވުރެ ބޮޑަށް، كافر ކަމަށް ލޯބިކުރާނަމަ، އެއީ ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިޔަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
21އާޔަތް

ތަރުޖަމާ — އަތް-ތައުބާ 21

ސޫރަތު އަތް-ތައުބާ އާޔަތް 21 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންގެ ވެރިރަސްކަލާނގެ، އެކަލާނގެ حضرة ން އެއުރެންނަށް رحمة އާއި، ރުހިވޮޑިގަތުމާއި، ސުވަރުގެތައް…

ސޫރަތު އާޔަތް 21/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 19–23. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers