ޔޫނުސް · 62/109
ތަރުޖަމާ ކިޔެވުން — ސޫރަތު ޔޫނުސް
أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ۝٦٢
Alaa innaa awliyaaa`al laahi laa khawfun `alaihim wa laa hum yahzanoon
📖 ދިވެހި މާނަ
ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ

🎧 އަޑު އަހާ


📜 އާޔަތް 60-64 — ސޫރަތު ޔޫނުސް

60وَمَا ظَنُّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ يَوْمَ الْقِيَامَةِ ۗ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ
اللَّه އާމެދު ހަދައިގެން ދޮގުބުނާ މީހުން، قيامة ދުވަހު، ހީކުރަނީ ކީކޭހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން شكر އެއް ނުކުރެތެވެ
61وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ
ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު قرآن ން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ عمل އެއް ކުރިޔަސް، އެ عمل ގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ. އަދި އުޑާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް، އަދި އެއަށްވުރެ ބޮޑަސް، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއްނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިމެނުވީ ނުވެތެވެ
62أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ
63الَّذِينَ آمَنُوا وَكَانُوا يَتَّقُونَ
އެއުރެންނަކީ إيمان ވެ، تقوى ވެރިވެ އުޅުނު މީހުންނެވެ
64لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ
ދުނިޔޭގެ حياة ގައްޔާއި، آخرة ގައި އެއުރެންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. اللَّه ގެ كلمة ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ
ޔޫނުސްޤުރުއާން ފިހުރިސްތު
109އާޔަތް
MeccanRevelation
62އާޔަތް

ތަރުޖަމާ — ޔޫނުސް 62

ސޫރަތު ޔޫނުސް އާޔަތް 62 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި…

ސޫރަތު އާޔަތް 62/109 — ސޫރަތު ޔޫނުސް يونس (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު ޔޫނުސް އަޑު އަހާ, ސޫރަތު ޔޫނުސް ތަރުޖަމާ, ސޫރަތު ޔޫނުސް mp3, ސޫރަތު ޔޫނުސް pdf. އާޔަތް 60–64. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers