ހޫދު · 109/123
ތަރުޖަމާ ކިޔެވުން — ހޫދު
فَلَا تَكُ فِي مِرْيَةٍ مِّمَّا يَعْبُدُ هَٰؤُلَاءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ آبَاؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ ۝١٠٩
Falaa taku fee miryatim mimmmaa ya`budu haaa`ulaaa`; maa ya`budoona illaa kamaa ya`budu aabaaa`uhum min qabl; wa innaa lamuwaf foohum naseebahum ghaira manqoos
📖 ދިވެހި މާނަ
ފަހެ، މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، شك ކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ! ކުރިންވެސް އެއުރެންގެ ކާބަފައިން އަޅުކަންކުރާ ފަދައަކުން މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި ހަމަކަށަވަރުން، އުނިވުމެއްނެތި އެއުރެންގެ (عذاب ގެ) ބައި، އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހަމަޔަށް ދެއްވާހުށީމެވެ

🎧 އަޑު އަހާ


📜 އާޔަތް 107-111 — ހޫދު

107خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ
އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ
108۞ وَأَمَّا الَّذِينَ سُعِدُوا فَفِي الْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۖ عَطَاءً غَيْرَ مَجْذُوذٍ
އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ! އެއުރެންވާހުށީ ސުވަރުގޭގައެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ
109فَلَا تَكُ فِي مِرْيَةٍ مِّمَّا يَعْبُدُ هَٰؤُلَاءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ آبَاؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ
ފަހެ، މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، شك ކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ! ކުރިންވެސް އެއުރެންގެ ކާބަފައިން އަޅުކަންކުރާ ފަދައަކުން މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި ހަމަކަށަވަރުން، އުނިވުމެއްނެތި އެއުރެންގެ (عذاب ގެ) ބައި، އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހަމަޔަށް ދެއްވާހުށީމެވެ
110وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَاخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِيَ بَيْنَهُمْ ۚ وَإِنَّهُمْ لَفِي شَكٍّ مِّنْهُ مُرِيبٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلاف ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ
111وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَالَهُمْ ۚ إِنَّهُ بِمَا يَعْمَلُونَ خَبِيرٌ
ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ عمل ތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަމަޔަށް ޖަޒާދެއްވާނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ހޫދުޤުރުއާން ފިހުރިސްތު
123އާޔަތް
MeccanRevelation
109އާޔަތް

ތަރުޖަމާ — ހޫދު 109

ސޫރަތު ހޫދު އާޔަތް 109 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، شك ކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ! ކުރިންވެސް…

ސޫރަތު އާޔަތް 109/123 — ހޫދު هود (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ހޫދު އަޑު އަހާ, ހޫދު ތަރުޖަމާ, ހޫދު mp3, ހޫދު pdf. އާޔަތް 107–111. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers